ދިވެހިރާއްޖެ
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުތަންފީޒުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ލީގަލް ކޮންސަލްޓަންޓެއް ހޯދުން
މަޤްޞަދު:
ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވަލާފައިވާ ގަވާއިދުތައް މުރާޖަޢާކޮށް ގަވާއިދުތަކުގެ ދަށުން އުސޫލުތަކާއި އިޖްރާއާތުތައް އެކުލަވާލުމާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމުގެ ދަށުން ގާއިމްކުރެވިފައިވާ ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ ސީނިއަރ މެނޭޖްމަންޓައި ލީގަލް ޑިވިޝަންއާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އެކުގައި މަސައްކަތް އެހީތެރިކަން ފޯކޮށްދިނުން.
މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާ
މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ގާއިމްކުރެވޭ ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމްގެ ހިންގުމަށް ބޭނުންވާ ސިޔާސަތުތަކާއި އިޖްރާޢާތުތަށް އެކުލަވާލައި ގައުމީ ނިޒާމްގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ދެނެގަނެ ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
- ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ ލީގަލް ޑިވިޝަންއާއި އެކުގައި މަސައްކަތްކުރުން.
- ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަށް މުރާޖަޢާކޮށް ގެންނަން ޖެހޭ އިސްލާހުތަށް ގެނައުން.
- ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ކަމާ ގުޅޭ އިދާރާތަށް ގުޅިގެން މަސައްކަތްކުރާނެ އިޖްރާއާތްތަށް އެކުލަވާލުން.
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:
ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް
މަސައްކަތުގައި އެހީތެރިވެދޭނެ ފަރާތް:
(މިނިސްޓްރީގެ މުވައްޒަފެއް)
މަސައްކަތުގެ މުއްދަތު:
5 މަސް ދުވަސް
މަސައްކަތު ގަޑި:
ރަސްމީ ކޮންމެދުވަހަކު 8 ގަޑިއިރު (ދެ ފަރާތް ވާހަކަ ދައްކައިގެން ނިންމުމަށް)
މަސައްކަތުގެ އަގު:
ކޮންމެ މަހަކު : 18,000/- (އަށާރަ ހާސް) ރުފިޔާ
ހުށަހަޅަންޖެހޭ ލިޔުންތައް:
- މަޤާމަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
-
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޯގަސްޓް 2021 ގެ 13:00 ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.