ދިވެހިރާއްޖެ
މިނިސްޓްރީގެ ވެބްސައިޓް އިތުރަށް ހަރުދަނާ ކުރުމާއި ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް ގެ ވެބްސައިޓް އެކުލަވާލުމަށް ކޮންސަލްޓެންޓެއް ހޯދުން
މަޤްޞަދު:
ގާނޫނު ނަންބަރު 19/2019 ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ގާއިމްކޮށްފައިވާ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ވެބްސައިޓްއެއް ގާއިމްކުރެވިފައި ނުވާތީވެ އައު ވެބްސައިޓެއް ގާއިމްކުރުމާއި މިނިސްޓްރީގެ ވެބްސައިޓް އިތުރަށް ހަރުދަނާކުރުން.
މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާ
މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ މަސައްކަތްތަކަށް ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން އެކްސެސް ވެވޭނެ ނިޒާމެއް ޤާއިމްކޮށް އައު ވެބްސައިޓެއް އުފެއްދުމާއި މިނިސްޓްރީގެ ވެބްސައިޓްގެ ސެކިއުރިޓީ ފީޗަރސްތަށް ހަރުދަނާކޮށް ވެބްސައިޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ވެބްސައިޓާއި ގުޅުންހުރި އެންމެހާ ކަންކަން ހަރުދަނާކުރުން.
ކުރަންޖެހޭ މަސައްކަތްތައް:
- ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ އައު ވެބްސައިޓްގެ މަސައްކަތްކުރުން.
- މިނިސްޓްރީގެ ވެބްސައިޓަށް ގެންނަން ޖެހޭ އިސްލާޙުތަށް ދެނެގަނެ ގެންނަޖެހޭ ބަދަލުތައް ގެނައުން.
މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:
މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް
މަސައްކަތުގައި އެހީތެރިވެދޭނެ ފަރާތް:
(މިނިސްޓްރީގެ މުވައްޒަފެއް)
މަސައްކަތުގެ މުއްދަތު:
3 މަސް ދުވަސް
މަސައްކަތު ގަޑި:
(ދެ ފަރާތް ވާހަކަ ދައްކައިގެން ނިންމުމަށް)
މަސައްކަތުގެ އަގު:
ކޮންމެ މަހަކު : 18,000/- (އަށާރަ ހާސް) ރުފިޔާ
ފެންވަރު ނުވަތަ ޝަރުތު:
- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ދާއިރާއިން ނުވަތަ ކަމާ ގުޅޭ ދާއިރާއަކުން ޑިގްރީ ) ލެވެލް 7) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.
- ވެބްސައިޓް ޑިވެލޮޕްކުރުމުގެ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރުގެ ތަޖްރިބާ ހުރުން.
- ކޮންސަލްޓަންސީ މަސައްކަތުގެ ތަޖްރިބާހުރުން.
- ދިވެހި،އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިޔުމުގެ ޤާބިލްކަން ލިބިފައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- މަޤާމަށް އެދި ހުށަހަޅާ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
-
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 އޯގަސްޓް 2021 ގެ 13:00 ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.