ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)426-4A/426/2021/270
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 24 އޮގަސްޓް 2021 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (މަސައްކަތު) ފޭދޫ އަވަށު އޮފީސް

މަޤާމް
މަސައްކަތު
ބޭނުންވާ ޢަދަދު:
01 (އެކެއް)
މަޤާމުގެ ގިންތި އާއި މުއްދަތު
ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)
މަޤާމުގެ ނަންބަރު:
MS154
މަޤާމުގެ ރޭންކް: 
އެސް.އެސް 1
ވަޒީފާ އަދާކުރަންޖެހޭ ތަން:
ފޭދޫ އަވަށު އޮފީސް
މުސާރަ:
-/3100 ރުފިޔާ
ސަރވިސް އެލަވަންސް:
-/1000 ރުފިޔާ
އެހެނިހެން އެލަވަންސް:
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1 .ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުން.
2. ބަނދަރުމަތީ ކުނިނަގާ ވިނަނޮޅާ ސާފުކުރުން.
3. ބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅޭ ބިންތަކާއި ޕާރކްފަދަ ތަންތަނުގެ ވިނަ ދިގުވިޔަނުދީ ކޮށާ ސާފުކުރުން.
4. މަގަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކަނޑައި ސާފުކުރުން.
5. މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުމާއި ސާފުކުރުން.
6. އޮފީހުން ބަލަހައްޓަންޖެހޭ މަގުތަކުގެ ވިނަނޮޅާ ސާފުކުރުން.
7. ގުދުރަތީ ހާދިޡާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުން.
މަޤާމުގެ ޝަރުތުތައް:
ލިޔަންކިޔަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
 
 
 
 
  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ފޭދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ސެޕްޓެންބަރު 01 އާއި 2021 ސެޕްޓެންބަރ 09 އާ ދެމެދު، ފޭދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
 
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892018  ނަންބަރު ފޯނަށެވެ.
04 މުޙައްރަމް 1443
12 އޮގަސްޓް 2021