ނީލަން
ނަންބަރު: (IUL)GS45/2021/023
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 21 އޮގަސްޓް 2021 09:00
ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
މިސްކޫލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ

މިސްކޫލްގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ވިއްކާލުމަށް 2021 އޮގަސްޓް 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ނީލަން ކިޔުން ވިއްސާރަވުމުގެ ސަބަބުން ފަސްކުރެވިފައިވާ ވާހަކަ ދަންނަވައި ނީލަން ކިޔުމަށް ކޮށްފައިވާ މިސްކޫލްގެ ނަންބަރ (IUL)GS45/2021/016 އިއުލާން ބާތިލުކުރަމެވެ.

އެހެންކަމުން މިސްކޫލްގައި ގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ވިއްކާލުމަށް ބާއްވާ ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2021 އޮގަސްޓް 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އަށް މިސްކޫލަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ. މި ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ފައިސާ ދެއްކެވުމަށްފަހު ނީލަން ނިމޭތާ ގިނަވެގެން 6 ގަޑިއިރުތެރޭ ތަކެތި ގެންގޮސް ބިން ސާފުކުރައްވަންވާނެއެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް މާސްކް އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6892546 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ވީމާ، ޝައުގުވެރިވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

12 އޮގަސްޓް 2021