ޢާންމު މަޢުލޫމާތު
ނަންބަރު: IUL-PROC-AS-2021-026
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 23 އޮގަސްޓް 2021 11:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
Hyper Converged Infrastructure (HCI) ސޮލިއުޝަން ހޯދުމަށް

ނަންބަރ: IUL-PROC-AS-2021-026


މި ކުންފުނީގައި ބޭނުމަށް HCI ސޮލިއުޝަން ހޯދަން 15 ޖުލައި 2021 ގައި ކުރި އިޢުލާން ނަންބަރު IUL-PROC-AS-2021-019 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 15 އޮގަސްޓް 2021 އިން 22 އޮގަސްޓް 2021 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 15:00 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/64600ރ، (ފަސްދޮޅަސް ހަތަރުހާސް ހަސަތޭކަ ރުފިޔާ) މި ކުންފުންޏަށް ދައްކަންވާނެއެވެ. އަދި ބިޑް ކާމިޔާބު ކުރާ ފަރާތުން ޕާފޯމެންސް ގެރެންޓީއެއްގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ އަށްވާ އަދަދު މި ކުންފުންޏަށް ހުށަހަޅަންވާނެއެވެ.

23 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

12 އޮގަސްޓް 2021

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011483      

12 އޮގަސްޓް 2021