ދިވެހިރާއްޖެ
މާލޭ ސިޓީގައި އައްޔަންކުރެވޭ ބުލޮކުތަކުގެ ވެރިންގެ އުޞޫލުގެ 07 ވަނަ މާއްދާގެ ދަށުން، މާލޭ ސިޓީގެ ބުލޮކުތަކުގެ ވެރިންނަން ބުލޮކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ ބުލޮކުވެރިޔާ ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބު 2021 އޮކްޓޯބަރ މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.
މާލޭ ސިޓީގައި އައްޔަންކުރެވޭ ބުލޮކުތަކުގެ ވެރިންގެ އުޞޫލުގެ 14 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ މާލޭ ސިޓީ ބުލޮކު ވެރިޔާއަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު 2021 އޮގަސްޓް މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ 10:00ން ފެށިގެން 2021 ސެޕްޓެމްބަރ މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމަޔަށް ހުޅުވައިލައިފީމެވެ.
(ހ) މާލޭ ސިޓީގައި އައްޔަންކުރެވޭ ބުލޮކުތަކުގެ ވެރިންގެއުޞޫލުގެ 09 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް
މާލޭސިޓީގެ ބުލޮކުވެރިޔާ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
1- މީލާދީގޮތުން 18 އަހަރު ފުރިފައިވާ ދިވެއްސެއްކަމުގައި ވުން.
2- އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުން.
3- ވަށްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވުން.
4- އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާއި، އެފަދަ މައްސަލައެއްގެ ތަހްޤީޤުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހްޤީޤުގެ މަރުހަލާގައި ތަހްޤީޤު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
5- ހަތަރުވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖިނާއީ ކުއްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ޙުކުމް ތަންފީޒު ކުރެވުނުތާ 3 އަހަރު ވެފައިވުން.
6- އިންތިޚާބު ކުރެވޭ އެއްވެސް އެހެން މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
7- މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަޤާމެއް ފުރާ ފަރާތެއް ކަމުގައި ނުވުން.
(ށ) މާލޭ ސިޓީ ބުލޮކުގެ ވެރިޔާ އިންތިޚާބަށް ކުރިމަތި ލުމަށް އެދޭމީހާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު،
އަންނަނިވި ލިޔުންތަކާއި ތަކެތި މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ވާނެއެވެ.
1- މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މާލޭ ސިޓީގެ ބުލޮކް ވެރިޔާކަމަށް އެދޭފޯމް
2- މުއްދަތު ހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީ.
3- ކުރިމަތިލާ ބުލޮކަށް ނިސްބަތްވާ 10 މީހެއްގެ ސޮއި، (މިސޮއި ކުރުމަށްބޭނުންކުރަން ވާނީ ސިޓީ ކައުންސިލުން އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުގައެވެ.)
މިއިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2021 އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ 10:00ން ފެށިގެން 2021 ސެޕްޓެމްބަރ މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލް (އެމްޑަބްލިޔު އެސްސީ ކަސްޓަމަރ ސަރވިސް ހަތަރުވަނަ ފަންގިލާ) އިންނެވެ.
އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް މާލޭ ސިޓީ ކައުންސިލުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށެވެ.
މާލޭ ސިޓީގެ ބުލޮކުތަކުގެ ވެރިޔާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޯބަރ މަހުގެ 30 ވާ ހޮނިހިރު ދުވަހުގެ 10:00އިން 16:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2021 ނޮވެމްބަރ 06 ވާ ހޮނިހިރު ދުވަހުގައެވެ.
މާލޭ ސިޓީގެ ބުލޮކުވެރިޔާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް އާއި 10 މީހުންގެ ސޮއި ހުށަހަޅަންޖެހޭ ފޯމު މާލޭ ސިޓީ ކައުންސިލް (އެމްޑަބްލިޔު އެސް ސީ ކަސްޓަމަރ ސަރވިސް ތިންވަނަ ފަންގިފިލާއާއި ހަތަރުވަނަ ފަންގިލާ) އިންނާއި މާލޭ ސިޓީ ކައުންސިލްގެ ވެބުސައިޓު www.malecity.gov.mv އިން ލިބޭނެވާހަކަ ދެންނެވީމެވެ. އަދި މާލޭ ސިޓީގައި އައްޔަންކުރެވޭ ބުލޮކުތަކުގެ ވެރިންގެ އުޞޫލު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދެންނެވީމެވެ.
ވީމާ މިކަން އަންގާ އިޢުލާން ކުރީމެވެ.