ދެންނެވުން
ނަންބަރު: (IUL)342/INDIV/2021/86
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 17 އޮގަސްޓް 2021 12:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ

އިޢުލާން

ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ

               މިރަށުގެ ފުޓްޝަލް ދަނޑުގެ އިރުމަތީ މަގުގެ ދެކުނު ކޮޅުން މަގުމަތީގައި ހުރި ރުއްތަކާއި، މިރަށުގެ އިރުމަތީ ކޮޅުން ފެނާއި، ނަރުދަމާ ޢިމާރާތް ކުރާ ބިމުން ދެކުނުން ފެށިގެން ހުޅަގަށް އޮންނަ މަގުގައި ހުރި ރުއްތަށް، ކަނޑާ އެމަގުތައް ސާފުކުރުމަށް ވަރަށް އަވަހަށް ބޭނުންވެއްޖެއެވެ.  އެހެންވެ މި ދެމަގުގައި ހުރި ރުއްގަހުގެ ވެރިން ހޯދާ އެރުއް ގަހަށް ފައިސާއިން ބަދަލު ދޭން ބޭނުން ވެއެވެ. މިބިމުގައި ހިމެނޭ ރުއް ތަކުގައިވާނީ ރަތްކުލާގެ ސްޕްރޭއިންއިން ރަސްގެ ޖަހާ ފާހަގަ ކޮއްފައެވެ.

                  މިދެންނެވި ދެ މަގުގައި ފާހަގަކޮށްފައިހުރި އަމިއްލަފާރާތްތަކުގެ ރުއްގަހުގެ ވެރިން  17 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ރުއްގަހުގައި އެފަރާތްތަކުގެ ނަން، ނުވަތަ ކައުންސިލުން ދީފައިވާ ނަމްބަރު ޖެއްސެވުމަށް ދަންނަވަމެވެ. އަދި މިތާރީޚައް ނަމްބަރު ނުޖަހާ އަދި ވަކި ފަރާތެއްގެ ރުއްގަސްކަން އެގެން ނެތްނަމަ ބެލެވޭނީ  ވެރިފަރާތެއް ނެތް ރުއްގަސް ކަމަށެވެ.

                  އަދި މިކަމަކީ މިހާރު މިރަށުގައި ކުރެވެމުންދާ ތައްރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް ހުރަސް އެޅޭ ކަމަކަށް ވާތީ އެއްވެސް ފަރާތަކުން މިކަމަށް ދަތިވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަކީ މިކައުންސިލުން އެދޭ ވަރައްބޮޑު އެދުމެކެވެ.

 ވީމާ، މިކަމުގައި ރުއްތަކުގެ ވެރިފަރާތްތަކުގެ އެއްބާރުލެއްވުން ވަރައްބޮޑަށް ބޭނުންވާވާހަކަ ދެންނެވީމެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                04 މުޙައްރަމް 1443

                     12 އޮގަސްޓް 2021

12 އޮގަސްޓް 2021