މުބާރާތް
ނަންބަރު: (IUL)141-YD/141/2021/173
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 30 އޮގަސްޓް 2021 00:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
" ކްރިއޭޓިވް ޕްރޮޖެކްޓްސް ރައިޓިންގ " މުބާރާތާއި ގުޅޭ

                             އިޢުލާން

" ކްރިއޭޓިވް ޕްރޮޖެކްޓްސް ރައިޓިންގ " މުބާރާތް

       މި އަހަރުގެ ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަހުގެ ޝިޢާރު "ޓްރާންސްފޯމިންގ ފުޑް ސިސްޓަމްސް: ޔޫތު އިނޮވޭޝަން ފޯ ހިއުމަން އެންޑް ޕްލެނޭޓަރީ ހެލްތް" އާ ގުޅުވައިގެން ޒުވާނުންނަށް އާމާޒުކޮށްގެން " ކްރިއޭޓިވް ޕްރޮޖެކްޓްސް ރައިޓިންގ " ގެ ނަމުގައި އުފެއްދުންތެރި ޕްރޮޖެކްޓްތައް ހުށަހެޅުމުގެ މުބާރާތެއް 12 އޯގަސްޓުގައި ވަނީ ހުޅުވައިލެވިފައެވެ. މި މުބާރާތުގެ މަޤްޞަދަކީ ވީހާވެސް ގިނަ ޒުވާނުން ދުވަހުގެ ޝިޢާރަށް ހޭލުންތެރިކޮށް އަދި ޒުވާނުންގެ ފަރާތުން މުޖްތަމަޢުއަށް ފައިދާކުރުވަނިވި ކަންތައްތަކެއް ހުށަހެޅިގެންދިއުމެވެ.

މިމުބާރާތުން ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ތެރެއިން 1 ވަނަ އަދި 2 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޕްރޮޖެކްޓްތައް ހިންގުމަށް މި މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި މުބާރާތަށް ޕްރޮޖެކްޓްތައް ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޯގަސްޓް 2021 އެވެ.

      މިނިސްޓްރީގެ އެދުމަކީ ކުރިއަށް އޮތްތަނުގައިވެސް ޒުވާނުން ބާރުވެރިކުރުވުމަށް ހިންގޭ މިފަދަ ހަރަކާތްތަކުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމެވެ.

      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 އޮގަސްޓް 2021