މަސައްކަތް
ނަންބަރު: E10C-A/2021/4
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 18 އޮގަސްޓް 2021 12:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

މިކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި މިކޯޓުގެ ނަމްބަރ E10C-A/2021/03 (02 އޮގަސްޓް 2021)ގެ އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ 02 ފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިކޯޓުގެ އިމާރާތާއި ގޯތީގައި 03 (ތިނެއް) މަސް ދުވަހުގެ މުއްދަތަށް މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މިކަމަށް ކުރިމަތިލާ ފަރާތަކީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި، މިމަސައްކަތައް އަންދާސީ ހިސާބު ހުށަހަޅާއިރު ކުންފުންޏަކުންނަމަ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ އަދި، އަމިއްލަ ފަރުދަކުނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ހުށަހަޅަން ޖެހޭނެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 18 އޮގަސްޓް 2021 ވަނަ ދުވަހުގެ 12:00ށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސީޓްގައި ހުށަހަޅަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާ ތަކެތި ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށާއި، މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 22 އޮގަސްޓް 2021

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު

12 އޮގަސްޓް 2021