ޢާންމު މަޢުލޫމާތު
ނަންބަރު: (PR)239-PPRM/239/2021/3
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 19 އޮގަސްޓް 2021 14:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓު ހުށަހެޅުއްވި ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ޢާންމުކުރުމާ ބެހޭ

ނޫސް ބަޔާން

 

 

2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓު ހުށަހެޅުއްވި ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ޢާންމުކުރުމާ ބެހޭ

 

ޤާނޫނު ނަމްބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓު ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ފޮނުއްވަންޖެހެއެވެ.

ދެންނެވުނު މުއްދަތުގެ ތެރޭގައި 2021 ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހުގެ ރިޕޯޓު ތައްޔާރުކޮށް މިކައުންސިލަށް ހުށަހަޅުއްވާފައިވާ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ރަށު ކައުންސިލް

 

  1. ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
  2. ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
  3. ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
  4. ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
  5. ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދަރާ
  6. ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
  7. ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

 

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، މިކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

 

22 ޛުލްޙިއްޖާ 1442

01 އޮގަސްޓު 2021

12 އޮގަސްޓް 2021