ވަޒީފާގެ ފުރުޞަތު
ނަންބަރު: MBA/IUL/2021/07
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 16 އޮގަސްޓް 2021 13:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޖޫނިއަރ ޤައުމީ ސްކޮޑްތަކަށް ކޯޗުން ހޯދުން

މިއެސޯސިއޭޝަންގެ ތިރީގައި މިދަންނަވާ ޖޫނިއަރ ޤައުމީ ސްކޮޑްތަކަށް ކޯޗުން ހޯދުމަށް ބޭނުންވެއެވެ.

ސްކޮޑްތައް

  • 12 އަހަރުންދަށް (ފިރިހެން އަދި އަންހެން)
  • 14 އަހަރުންދަށް (ފިރިހެން އަދި އަންހެން)
  • 16 އަހަރުންދަށް (ފިރިހެން އަދި އަންހެން)
  • 18 އަހަރުންދަށް (ފިރިހެން އަދި އަންހެން)

ތަފްސީލް

  • އަދަދު:          ޖުމްލަ 8 ކޯޗުން
  • މުސާރަ:         ހެޑް ކޯޗް – މަހަކު -/4,500ރ

                  އެސިސްޓަންޓް ކޯޗް – މަހަކު -/3,500ރ

  • ޝަރުތު:         އެމް.ބީ.އޭ ލައިސަންސް ކޯޗަކަށްވުން

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ސީ.ވީ އާއި އަދި ބާސްކެޓްބޯޅައިގެ ކޯޗިންގ ދާއިރާގެ ވަނަވަރު އެނގޭނޭ ލިޔެކިޔުންތައް މިއެސޯސިއޭޝަނުގެ އީމެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ.

12 އޮގަސްޓް 2021