ވަޒީފާގެ ފުރުޞަތު
ނަންބަރު: A-10-MC-A/2021/04
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 22 އޮގަސްޓް 2021 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓް (ވަޒީފާގެ ފުރުޞަތު )

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓްކޯޓް 

        ހއ.ދިއްދޫ ،ދިވެހިރާއްޖެ

 

                                                             ނަންބަރ: A-10-MC-A/2021/04

ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

ރޭންކް: ޖީ. އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ޢަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓްކޯޓް

އަސާސީ މުސާރަ

-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/1500ރ (ފަނަރަސަތޭކަ ރުފިޔާ)،
  • ލިވިންގ އެލަވަންސް -/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސް : 893.00ރ (އަށްސަތޭކަ ނުވަދިހަ ތިންރުފިޔާ)
  • ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުތު

1-      ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް، ނުވަތަ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

2-       މަޤާމްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

އެހެނިހެން ޝަރުތު

1- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން

2- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ހއ.ފިއްލަދޫ މެޖިސްޓްރޭޓްކޯޓްގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމްގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތުތައް

1- ކޯޓުން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކަނޑައަޅާފައިވާ ގަޑީގައި ކޯޓު ހުޅުވުން.

2- ކޯޓްގެ ފައިސާއާއި ޝަރީޢަތާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައްކުރުން

3- އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ތައްޔާރުކުރުމަށްފަހު ޙަވާލުކުރުމާއި، އަދި ކޯޓް މުވައްޒަފުންގެ މުސާރަ ސީޓް، ހަފްތާ ރިޕޯޓް، ތަފާސް ހިސާބު ރިޕޯޓް ތައްޔާރުކުރުމަށްފަހު ފޮނުވުން

 4- ފައިސާއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޯޓްގެ އެކައުންޓް ބެލެހެއްޓުން

5- ކޯޓްގެ ސްޓޮކް ބެލެހެއްޓުމާއި ، އިންވެންޓްރީ ބެލެހެއްޓުން

6- ފައިސާގެ ރަސީދު ލިޔުމާއި، ލިބޭ ފައިސާ ބޭންކަށް ޖަމާކުރުން އަދި ޤަވާޢިދާ އެއްގޮތަށް ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ޙަވާލުކުރުން

7- އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓްގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން

 

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / އެކައުންޓިންގ އެންޑް ފައިނޭންސް

 

ހުށަހަޅަންޖެހޭ ތަކެތި

1-      ފުރިހަމަ ކޮށްފައިވާ ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ)

4-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ(އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ

5-      ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ )

6-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ)

7-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

8-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ)

 

ސުންގަޑި އަދި އިންޓަރވިއު

  • 22 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ހއ.ފިއްލަދޫ މެޖިސްޓްރޭޓްކޯޓަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ހއ.ފިއްލަދޫ މެޖިސްޓްރޭޓްކޯޓުން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 ން 14:00 ށް ލިބެން ހުންނާނެއެވެ. އަދި ޑިޕާރޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6500083 މިނަމްބަރާ ގުޅުއްވުން އެދެމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %30
  • މަސައްކަތުގެ ތަޖުރިބާ: % 10 
  • މަސައްކަތަށް ބޭނުންވާ ހުނަރަށް : % 10
  • އިންޓަރވިއު: % 50

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ސުޕަވައިޒަރުގެ މާބޮޑު ގައިޑެންސެއް ނެތި މިނިވަންކަމާއެކު، އަމިއްލަ ވިސްނުމާ ޚިޔާލު ބޭނުންކޮށްގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ

 

11  އޮގަސްޓް  2021

11 އޮގަސްޓް 2021