ދިވެހިރާއްޖެ
`
ނަންބަރު: 198-L/2021/126
އިޢުލާން
ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތްތަކުގައި، ފަސޭހަކަމާއެކު އެކަން ހަމަޖެއްސުމުގެ މަގު ޝަރުޢީ ކޯޓުތަކަށް ފަހިކޮށްދިނުމުގެގޮތުން، ތަރުޖަމާނުންގެ ދަފްތަރެއް މި ޑިޕާޓްމަންޓުގައި ޤާއިމްކުރުމުގެ މަސައްކަތް މި ޑިޕާޓްމަންޓުން މި ދަނީ ކުރަމުންނެވެ. 2 ޖަދުވަލެއްގެ މައްޗަށް އެކުލަވާލެވޭ މި ދަފްތަރުގެ ޖަދުވަލު 1 ގައި ހިމެނޭނީ، ބަސް ތަރުޖަމާކޮށްދޭ މީހުންގެ ލިސްޓެވެ. އަދި ޖަދުވަލު 2 ގައި ހިމެނޭނީ ވާހަކަދެއްކުމާއި، އަޑުއިވުމުން މަޙުރޫމުވެފައިވާ މީހުންގެ ތަރުޖަމާނުންގެ ލިސްޓެވެ.
މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ. މެޖިސްޓްރޭޓް ކޯޓުތަކުގައި ކުރެވޭ ޝަރީޢަތްތަކަށް ފަސޭހަކަމާއެކު ތަރުޖަމާނުން ހަމަޖެއްސުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކުގެ އެއްބާރުލުން ލިބުމުގެ މުޙިއްމުކަން ފާހަގަކުރަމެވެ.
ތަރުޖަމާނުންގެ ދަފްތަރުގައު ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމަނާނީ، އެކަމަށްޓަކައި ކުރާ އިންޓަވިއުއަށް ބަލައި، ތަރުޖަމާކުރުމުގެ ޤާބިލްކަން އެކަށޭނެ މިންވަރަކަށް ހުރި ފަރާތްތަކެވެ.
ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ އެހީތެރިކަން ޝަރުޢީ ކޯޓަކުން ހޯދައިފިނަމަ، ގަޑިއަކަށް -/400 (ހަތަރު ސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރަދޭ ގޮތަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް www.judiciary.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި [email protected] އަށް އީމެއިލް މެދުވެރުކޮށް ހުށަހަޅުއްވާ އެޕްލިކޭޝަންތައް ބަލައިގަނެވޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ނަންބަރު 198-L/2018/62 (09 އޮގަސްޓު 2018) އިޢުލާނާ ގުޅިގެން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅުއްވި ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
02 މުޙައްރަމް 1443
10 އޮގަސްޓް 2021