ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖުކޯޕަރޭޝަނަށް ސަރވަރ ފޯރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މަސައްކަތަށް ބޭނުންވާ އައިޓީ ސަރވަރ ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީ ވުން:
ބީލަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 11 އޯގަސްޓް 2021 އިން 16 އޯގަސްޓް 2021 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް 'ބީލަން ރަޖިސްޓްރީ ފޯމް' ޑައުންލޯޑް ކުރައްވައި ފުރިހަމަ ކުރުމަށްފަހު މި ކުންފުނީގެ އީމެއިލް ([email protected]) އަށް ނުވަތަ ރިސެޕްޝަނަށް ފޯމު ހުށަހަޅައި ރަޖިސްޓްރީކުރެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވެވޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބީލަމާބެހޭ މައުލޫމާތު ކަރުދާސް ބީލަމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ފޮނުވޭ ރަޖިސްޓްރޭޝަން ސްލިޕް އާއެކު އީމެއިލްގެ ޒަރީޢާއިން ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ލިންކު:
http://mhcl.mv/wp-content/uploads/2020/10/REGISTRATION-FORM-FOR-BIDS.pdf
އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 22 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 15 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
11 އޯގަސްޓް 2021