ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)371-CAA/371/2021/124
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 22 އޮގަސްޓް 2021 14:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިލެތްދޫ ވޭސްޓް މެނޭޖުމަންޓް ކަލެކްޝަނަށް ކައުންސިލް އެސިސްޓެންޓެއްގެ މަޤާމަށް މީހަކު ހޯދުމަށް އެދި

އިޢުލާނު

 

ބިލެތްދޫ ވޭސްޓްމެނޭޖުމަންޓް ކަލެކްޝަން ސާފްކޮށް ބެލެހެއްޓުމަށް ކައުންސިލް އެސިސްޓެންޓެއްގެ މަޤާމަށް މީހަކު ހޯދުމަށް

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (01 އަހަރަށް)

މަޤާމްއޮތް އޮފީސް:

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާ (ބިލެތްދޫ ވޭސްޓްމެނޭޖުމަންޓް ކަލެކްޝަން) 

މުސާރަ:

-/3500 ރ  ( ތިންހާސް ފައްސަތޭކަރުފިޔާ )

ސަރވިސް އެލަވަންސް:

-/1000 ރ ( އެއްހާސް ރުފިޔާ )

އެހެނިހެން އެލަވަންސް:

ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން ރަމަޟާން މަހުގެ އިނާޔަތު ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވޭސްޓް މެނޭޖްމަންޓް ކަލެކްޝަނަށް ކުނިގެންދާ ފަރާތްތަކުން ކުނިއެޅުމަށް ކަނޑައަޅާފައިވާ ތަންތަނަށް ކުނިއަޅާތޯ ބަލައި، ކުނީގެ ބައްވަތްތައް އެބާވަތެއް އަޅަންޖެހޭ ތަނަކަށް ކުނި އެޅުވުން.
  2. ވޭސްޓް މެނޭޖްމަންޓް ކަލެކްޝަނަށް ގެންދެވޭ ކުނި ވަކިކޮށްގެން ނުގެންދާ ފަރާތްތަކަށް އެކަން ހަނދާންކޮށްދީ ތަކުރާރުވާ ފަރާތްތަކުގެ މަޢުލޫމާތު ރަށުކައުންސިލަށް އަންގައި ހިއްސާކުރުން.
  3. ހިމުންކުނި ފިޔަވާ އެއްވެސް ބާވަތެއްގެ ކުނި މޫދަށް އަޅާތޯބަލައި އެކަންމަނާކުރުމާއި އެކު އެފަރާތެއްގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުން. 
  4. އަންދާކުނި އެންދުމުގައި އާއްމު ރައްޔިތުންނަށް އުދަގޫވާގޮތަށް ކުނި ނޭދުން .
  5. ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން ވަށައިގެންވާ ޞަރަޙައްދުގެ މަގު ސާފުކުރުން.
  6. ކުޑަކުދިން ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން ޞަރަޙައްދަށް ވަނުން މަނާކުރުމާއި، އެކަން ތަކުރާރުވާނަމަ ކަމާއި ގުޅޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރުން.
  7. ވޭސްޓް މެނޭޖްމަންޓް ކަލެކްޝަންގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ހިފާގެންގުޅޭ ތަކެތި ރައްކާތެރިކަމާއިއެކުބެލެހެއްޓުން.
  8. ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ އިޖުތިމާޢީ މަސައްކަތުގައި ބައިވެރިވުން.
  9. ދީނީ އަދި ޤައުމީ މުނާޞަބަތުތަކާއި، ދުވަސްތައް ފާހަގަކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ބައިވެރިވުން.

 10. މަސައްކަތުގެ ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން .

މަޤާމުގެ ޝަރުޠުތައް:

 

1. ލިޔަން ކިޔަން އެނގުން

 

 

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

 

ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 ނުވަތަ

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

2. ގިނަވަގުތު މަސައްކަތުގައި ވަގުތު ހޭދަކުރެވޭނެ ފުރިހަމަ ޞިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.

3. މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.( ސިޓީގައި އިޢުލާނު ނަންބަރުގެ އިތުރުން މަޤާމް ހިމެނިފައި އޮންނަން ވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ، ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް.
  4. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިޔުން .

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޮގަސްޓް 22 ވާ އާދިއްތަ ދުވަހުގެ 14.00ގެ ކުރިން، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 އޮގަސްޓް 23 އާއި 2021 ސެޕްޓެމްބަރ  10 އާއި ދެމެދު، ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740013 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

11 އޮގަސްޓް 2021