ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2021/15
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 17 އޮގަސްޓް 2021 12:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އިންފޯމަލް ސެކްޓަރ ސާރވޭ 2021 އަށް އެނިއުމަރޭޓަރުން ހޯދުމާއި ބެހޭ

 

 

އިޢުލާން

އިންފޯމަލް ސެކްޓަރ ސާރވޭ 2021 އަށް އެނިއުމަރޭޓަރުން ހޯދުމާއިބެހޭ

 

           މިބިއުރޯގެ ފަރާތުން 2019/2020ގައި ކުރެވުނު "ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ" ހަޔަސްގެ ފޮލޯއަޕްއެއްގެ ގޮތުގައި މިއަހަރު ކުރުމަށް ހަމަޖެހިފައިވާ "އިންފޯމަލް ސެކްޓަރ ސަރވޭ" މިއަހަރުގެ 26 އޮގަސްޓްއިން 5 ސެޕްޓެމްބަރ 2021 އަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.  މި ސާރވޭއަކީ ފޯނު މެދުވެރިކޮށް ކުރުމަށް ހަމަޖެހިފައިވާ ސާރވޭއެކެވެ. މިގޮތުން، މަސައްކަތުގައި ހަރަކާތްތެރިވުމަށް 15 އެނިއުމަރޭޓަރުން ބޭނުންވެއެވެ.

           މިސާރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނަށެވެ. މިގޮތުން މީހުންނާއި މުއާމަލާތު ކުރުމުގެ ހުނަރު ހުރުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މީގެ އިތުރުން، ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

           މިސަރވޭގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުންނަށް 3 ދުވަހުގެ ތަމްރީނެއް ދެވޭނެއެވެ. ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/100ރ ގެ އެލަވަންސެއް އަދި ސަރވޭގެ ފީލްޑްގެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު -/500ރ ގެ މަގުން އެލަވަންސެއް ދެވޭނެއެވެ. އަދި ސަރވޭގެ ތަމްރީނުގައި ބައިވެރިވާ ކޮންމެ ދުވަހަކަށް ދުވާލަކު -/100ރ ދެވޭނެއެވެ. ނަމަވެސް ތަމްރީނުގައި ބައިވެރިވި ދުވަސްތަކުގެ އެލަވަންސް ލިބޭނީ ޓްރެއިނިންގ ފުރިހަމަކޮށް ސަރވޭގެ ފީލްޑް މަސައްކަތުގައި ބައިވެރިވީމައެވެ. މިމަސައްކަތް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 6:30 އަށެވެ.

           މިސަރވޭގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިބިއުރޯގެ ވެބްސައިޓްގައިވާ(http://statisticsmaldives.gov.mv/surveyapplication/hies/)  ލިންކު މެދުވެރިކޮށް 17 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ފޯމް ހުށަހެޅުއްވޭނެއެވެ.

           މިސަރވޭގެ ކަންތައްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ މިބިއުރޯގެ ނަންބަރ 3008408 / 3008455/ 3008400 އަށް ގުޅުއްވުން އެދެމެވެ.

 

…………………………………………………………………

                                             11 އޮގަސްޓް 2021               

 

 

11 އޮގަސްޓް 2021