މަސައްކަތް
ނަންބަރު: (IUL)285-D/285/2021/44
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 18 އޮގަސްޓް 2021 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ އެޅިގައު ހޯދުމާ ގުޅޭ

 

 

                                      

އިޢުލާން

ކައުންސިލްގެ އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ އެޅިގައު ހޯދުމާ ގުޅޭ

            މި އިދާރާގެ އެކިއެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ އެޅިގައި ހޯދުމަށް ބޭނުންވާތީ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މުޚައްރަމް 1443

11 އޮގަސްޓް 2021

 

 

                                                         ހުސައިން އަބޫބަކުރު

                                                      ހެނބަދޫ ކައުންސިލްގެ ރައީސް

 

 

 

11 އޮގަސްޓް 2021