ބީލަން
ނަންބަރު: (IUL)230-PPRM/322/2021/1
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 23 އޮގަސްޓް 2021 13:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ހިތާދޫގައި އިމާރާތްކުރެވޭ 02 ކޮޓަރީގެ އެޕާރޓްމަންޓްގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

            ބ. އަތޮޅު ކޮންޒަވޭޝަން ފަންޑާއި މިއިދާރާ ގުޅިގެން މިއަތޮޅު ހިތާދޫގައި އިމާރާތް ކުރުމުގެ މަސައްކަތް ފެށިފައިވާ 02 ކޮޓަރީގެ އެޕާރޓްމަންޓްގައި ނުނިމިހުރި މަސައްކަތްތައް ހިތާދޫ ކައުންސިލް އިދާރާގެ ފަރާތުންދޭ މައުލޫމާތުތަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އާއްމުކޮށް ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

            ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 11 އޮގަސްޓް 2021 ވާ (ބުދަ) ދުވަހުން ފެށިގެން 19 އޮގަސްޓް 2021 ވާ (ބުރާސްފަތި) ދުވަހުގެ 14.00 އާއި ދެމެދު ހިތާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން، ނުވަތަ އެއިދާރާގެ މެއިލް އެޑްރެހަށް ([email protected]) ރިކުއެސްޓްކޮށް ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްޞީލާއެކު (ކުންފުނީގެ ނަމާއި އެޑްރެސް، ފޯނު ނަންބަރު އަދި އީ. މެއިލް އެޑްރެސް) އިޢްލާން ނަންބަރާއެކު މެއިލް ކޮށްދެއްވުން އެދެމެވެ.

މައުލޫމާތު ދިނުން:

            މިމަސައްކަތާއި ގުޅޭގޮތުން ބީލަން ވެރިންގެ ފަރާތުން އިތުރަށް ސާފު ކުރައްވަން ބޭނުންފުޅުވާ މައުލޫމާތެއްވާ ނަމަ މަތީގައި ދެންނެވިފައިވާ ތާރީޚުގެކުރިން އީ. މެއިލް ކުރައްވަމުން ގެންދެވުން އެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

            ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 23 އޮގަސްޓް 2021 ވަނަ ދުވަހުގެ 13.00 ގައި ހިތާދޫ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުންނާއި ކަނޑައެޅިފައިވާ ގަޑި ޖެހުމުގެފަހުން ހުށަހަޅުއްވާ ބީލަންތަކާއި އީ. މެއިލްއާއި ފެކްސްގެ ޛަރީއާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެކަމާއި އަދި މައުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާތިލް ކުރެވޭނެކަންވެސް އަންގާ އިޢްލާނު ކުރީމެވެ.

            މިބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، ޤާނޫނު ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ  ފަރާތްތަކުގެ ޤަވާޢިދު، ނަންބަރު: 2019/R-1019" (30 މާރޗް 2019) ގައިވާ ގޮތުގެމަތީން، ރަޖިސްޓްރީވެ، އަދި މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.  އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

                  02  މުހައްރަމް  1443

10 އޮގަސްޓް 2021