ކުއްޔަށް ދިނުން
ނަންބަރު: (IUL)177-A2/1/2014/43
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2014
ޕަބްލިޝްކުރި ގަޑި: 15:27
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ނެޝަނަލް އާޓު ގެލެރީ އާންމު ފަރާތްތަކަށް ކުއްޔަށް ދިނުމާބެހޭ

ނެޝަނަލް ސެންޓަރ ފޮ ދި އާޓުސްގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް އާޓު ގެލެރީ 16 ޖޫން 2014 ވަނަ ދުވަހުން ފެށިގެން ތިރީގައި ބަޔާން ކުރެވިފައިވާ އުސޫލުތަކާ އެއްގޮތަށް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް

1- އެން.ސީ.އޭ. ގެ މެންޑޭޓުގައި ހިމެނޭ ކަންތައްތައް ކުރުމަށްޓަކައި އެފަދަ ފަރާތްތަކަށް (ވިޔަފާރީގެ އުސޫލުން ކުރާނަމަ) ދުވާލަކަށް (-/3000 ރުފިޔާ).

2- ވިޔަފާރި އުސޫލުން ކަންކަން ކުރުމަށް ދުވާލަކަށް (-/10000 ރުފިޔާ).

 13 ޝަޢުބާން 1435                                                       

11 ޖޫން 2014