ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢްވަތު
1- މ. މަޑުއްވަރީ ހުޅަނގުފަރާތު ޖެޓީ ސަރަހައްދުގެ ޕޭމަންޓުން ގާތަށްނެގި ، ހަލާކުވެފައި ހުރިތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން ބަޔެއްތަކެތި ދީގެން ، ބަޔެއް އަމިއްލަ ތަކެތި ބޭނުންކޮށްގެން މަސައްކަތް ކުރުމަށް ޝައުޤުހުރި ފަރާތްތަކަށް ފުރުޞަތު
ހުޅުވާލަމެވެ. ބީލަމަށް ކުރިމަތި ލެވޭނެ ފަރާތްތަކާއި ، ބީލަމާގުޅޭ މަޢްލޫމާތު މިއިޢްލާނާ އެޓޭޗް ކުރެވިފައިވާ ބީލަން ފޮތުގައިވާނެއެވެ.
2- މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން 2021 އޮގަސްޓް 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރި ވުމަށް
( ނަންނޯޓް ) ކުރެއްވުން އެދެމެވެ. މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ބަންދުނޫން ދުވަސްތަކުގައި 9:00 އިން 13:00 އަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓަރ ވެވޭނެއެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރިފަރާތްތަކަށެވެ.
v ރެޖިސްޓްރޭޝަން ފޯމުގެ ލިންކް : http://lnnk.in/g7bD
3- މި މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޯގަސްޓް 15 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ފޮނުވައި ދެއްވުން އެދެމެވެ. ނުވަތަ 7904399 ނަމްބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
4- މި މަސައްކަތާ ގުޅޭ މަޢްލޫމާތު ދިނުމުގެ ބައްދަލުވުން 2021 އޮގަސްޓް 15 އާދީއްތަ ދުވަހުގެ 13:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމުގައި " އޮންނާނެއެވެ.
5- ބީލަން ހުށަހެޅުން އޮންނާނީ 2021 އޮގަސްޓް 19 ވާ ބުރާސްފަތި ދުވަހު 13:05 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ. ބީލަން ކަޑައި ހުޅުވާނީ 2021 އޮގަސްޓް 19 ބުރާސްފަތި ދުވަހު 13:15 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ.
6- މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢްލާނުގެ ބަޔެއްގެ ގޮތުގައި އިޢްލާނާއެކު ޢާންމު ކުރެވިފައި ވާނެއެވެ.
7- ބީލަން ނަން ނޯޓް ކުރުމާއި ، މަސައްކަތާ ގުޅޭ އިތުރު މަޢްލޫމަތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
v މުލަލަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
v ފޯން : 6720072 , 7904399
އީ-މެއިލް: [email protected]