ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-CA/251/2021/85
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 21:27
ސުންގަޑި:
19 އޮގަސްޓް 2021 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޮވައިގެން ގެނެސްފައިވާ ބޯޓުގެ ވެރިފަރާތް ހޯދުމާބެހޭ
ކަނޑުމަތިން ހޮވައިގެން ހއ. ދިއްދޫގެ މަސްވެރިން ދިއްދޫއަށް ގެނެސް، ހއ. ދިއްދޫ ބަނދަރު ދެކުނު ހުރަސްތޮށީގައި ބާއްވާފައިވާ ބޯޓުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.
ވުމާއެކު، މި ބޯޓުގެ ވެރިފަރާތެއް ވާނަމަ، 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން، އެ ބޯޓަކީ އެފަރާތެއްގެ މިލްކުގައިވާ ބޯޓެއްކަން އެނގޭނެ ރަސްމީ ލިޔުންތަކާއެކު، ލިޔުމުން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ދެވިފައިވާ މުއްދަތުގައި މި ބޯޓުގެ މިލްކުވެރިކަން ސާބިތުކުރުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާނަމަ، ނީލަމުގައި ބޯޓު ވިއްކާލުމަށް ހަމަޖެހިފައިވާތީ، އެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
10 އޮގަސްޓް 2021