ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދައިން 1 ޖެނުއަރީ 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް މި އޮފީހުގެ ނަންބަރު: 486/1/2021/1003(IUL) (13 ޖޫން 2021) އިޢްލާނުން ފުރުޞަތު ހުޅުވާލާފައިވާ މުއްދަތު، 13 ސެޕްޓެންބަރު 2021 ގެ ނިޔަލަށް އިތުރުކޮށް، އެކަން އިޢްލާނުކުރަމެވެ.
ވީމާ، މައްސަލައެއް ހުށަހަޅުއްވަން ބޭނުންވާނަމަ އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމް ނުވަތަ ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު، މި އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ އޮފީސް ހުޅުވާފައި ހުންނަ ވަގުތުތަކުގައި މި އޮފީހުގެ ކައުންޓަރަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް މި އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ ނަންބަރު 7337486 އަށް ގުޅުއްވުމަށް އެދެމެވެ.
02 މުޙައްރަމް 1443