ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2021/36
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 17 އޮގަސްޓް 2021 13:30
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ސާފުކުރުމަށް މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

 

މުވައްޒަފުން ބޭނުންވެއްޖެ

       މިކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: މަސައްކަތު އިޖްތިމާއީ ސަރަހައްދު ސާފުކުރުމާއި ގަބުރުސްތާނު ސާފުކޮށް ބެލެހެއްޓުން

އަދަދު: 4  (03 ފިރިހެން، 01 އަންހެން)

މުއްދަތު: 06 މަސް ދުވަސް

މުސާރަ: މަހަކު 1800.00 ރުފިޔާ

ޝަރުތު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެނގޭ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްޙަތު ރަގަނޅު ހީވާގި މީހަކު ކަމުގައިވުން.

ކުރަންޖެހޭ މަސައްކަތް: ކައުންސިލުން އަންގާ ގޮތެއްގެ މަތީން އިޖްތިމާއީ ސަރަހައްދު ސާފުކުރުމާއި ގަބުރުސްތާނު ސާފުކޮށް ބެލެހެއްޓުން.

އިންޓަރވިއު: މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 18 އޯގަސްޓް 2021 ން 25 އޯގަސްޓް 2021 އާ ދެމެދުގައެވެ.

       ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޯގަސްޓް 2021 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް 11 އޯގަސްޓް އިން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 އާ ހަމައަށް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820020 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

10 އޮގަސްޓް 2021