ދިވެހިރާއްޖެ
(IUL)120/C/1/2021/42 :ނަންބަރު
އިޢުލާން
2021 ވަނަ އަހަރުގެ މެއި/ޖޫން ކެމްބްރިޖް އިންޓަނޭޝަނަލް އިމްތިޙާނާއި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ (ޕްރޮވިޝަނަލް ރިޒަލްޓްސް) ދޫކުރުމާބެހޭ:
2021 ވަނަ އަހަރުގެ މެއި/ޖޫން ކެމްބްރިޖް އިންޓަނޭޝަނަލް އިމްތިޙާނު އަދި އެސްއެސްސީ އިމްތިޙާނުގެ ނަތީޖާ ދޫކުރުން 2021 އޮގަސްޓް 15 އިން ފެށިގެން މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ.
މިޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާއާ ޙަވާލުވުމަށް އަންނައިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ.
ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 2021 ސެޕްޓެމްބަރ 02 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކް ކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.
02 މުޙައްރަމް 1443
10 އޮގަސްޓް 2021