މަޤާމު:
|
ލެކްޗަރަރ / ޓްރެއިނިންގ މެނޭޖަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ޓްރެއިނިންގ އެނޑް ޑެވެލޮޕްމަންޓް ޔުނިޓް
|
ގްރޭޑް:
|
7
|
ސްޕައިން ޕޮއިންޓް:
|
45
|
މުސާރަ:
|
މަހަކު 14,957.05 ރ
|
ސަރވިސް އެލަވަންސް:
|
މަހަކު6,410.17 ރ
|
އިނާޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- އެމް.އެން.ކިޔޫ.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފް މިންގަނޑުން 480 ކްރެޑިޓްސް) ހާޞިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން އާއި އޮޕަރޭޝަންލް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެ އެހީތެރިކަން ދިނުން
- ސްޓްރެޓެޖިކް ޕްލޭން ގެ މައްޗަށް ބިނާކޮށް ޓީ.ޑީ.ޔޫގެ އޮޕަރޭޝަނަލް ޕްލޭންއެކުލަވާލުމުގައި ބައިވެރިވުން އަދި މަސައްކަތް ނިންމުން.
- އޮޕަރޭޝަނަލް ޕްލޭންގައިވާ ލަޑުދަނޑިތައް ޙާޞިލުކުރުމަށްޓަކާ ކުރު މުއްދަތުގެ ކޯސްތަކުގެ ކެޓަލޮގް އެކުލަވާލުމާއި، ފުރިހަމަކުރުމާއި ރިވައިޒް ކުރުން.
- ފެކަލްޓީ / ސެންޓަރ / ސްކޫލް / ކެމްޕަސް / ޑިވިޝަން / ސެކްޝަން ތަކުގެ އެކަޑެމިކް / އެޑްމިން / ސަޕޯރޓް ސްޓާފންގެ ނީޑްސް އެނަލިސް އެއް އަހަރަކު އެއް ފަހަރު ހަދާ އެނަލައިޒް ކުރުން
- މި ނީޑްސް އެނަލިސިސް ގެ މައްޗަށް ރިއާޔަތްކޮށްގެން ކޯސް ކެޓަލޮގް އަޕްޑޭޓް ކުރުމާއި ޓްރޭނިންގް ޕްލޭންނެއް ތައްޔާރުކޮށް އެއަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުން.
- އަހަރުތެރޭގައި ހިންގުމަށް ރޭވިފައިވާ ކުރު މުއްދަތުގެ ކޯސްތައް ފެކަލްޓީ / ސެންޓަރ / ސްކޫލް / ކެމްޕަސް / ޑިވިޝަން / ސެކްޝަން ތަކާ ގުޅިގެން ކުރިޔަށް ގެންދިޔުން.
- ތަމްރީނު ކޯސްތަކުގައި ކިޔަވައިދިނުން އަދި ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް ތައްޔާރުކޮށް އަޕްޑޭޓްކުރުން އަދި ސިސްޓަމެޓިކް ގޮތަކަށް މިމެޓީރިއަލް ބެލެހެއްޓުން.
- ކުރުތަމްރީނުތައް އުގަންނައިދޭ ފަރާތްތައް ދެނެގަނެ އެފަރާތްތތަކާއި ދެމެދު ޕްރޮފެޝަނަލް ގާތްގުޅުމެއް ބާއްވާ އެފަރާތް ކޮންޓެކްޓް ލިސްޓް ހަދާ ބެލެހެއްޓުން. އަދި ތަމްރީނުތަކަށް މިފަރާްތތަކުގެ އެއްބާރުލުން ހޯދުން.
- ތަމްރީނު ކޯސްތަކުގެ ތެރެއިން މޫޑުލް މެދުވެރިކޮށް ހިންގޭނޭ ކޯސްތައް ދެނެގަނެ ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދާއި އެކު އެކުލަވާލުން އަދި ކޯސްތައް ސެޓްކޮށް ފުރިހަމަކުރުން.
- މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަރައްޤީކޮށް، އެކަށޭނެ ތަމްރީނު ދިނުމުގެ ތަފާތު މެތަޑުތައް ހުށަހެޅުން (މިސާލަކަށް ސިމިޔުލޭޝަން، މެންޓަރިންގ، އޮންދަ ޖޮބް ޓްރޭނިންގ ދީގެން ނުވަތަ ޕްރެކްޓިކަލް ހިންގައިގެން).
- ކޮންމެ ސެޝަނަކަށްފަހު ޓްރެއިނަރުންނާއި ބައިވެރިންގެ ފީޑުބެކް ހޯދުން އަދި އިމްޕެކްޓް ދެނެގަތުން.
- ތަމްރީނުގެ ފަހުން ޢަމަލީ ގޮތުން މަސައްކަތް ކުރުމުަގއި ތަމްރީނުގެ އިމްޕެކްޓުން މުވައްޒަފުންނަށް ލިބުނު މަންފާތައް ދެނެގަތުމަށް ބައެއް ކޭސްސްޓަޑީ ހެދުން
- ރަސްމީ ކުރުތަމްރީނުގެ އިތުރަށް ސެމިނަރ ތަކާއި ވާރކްޝޮޕްތަކާއި އެ ނޫންވެސް ޓްރޭނިންގތައް ޑިޒައިން ކޮށް ހިންގުން
- މުވައްޒަފުން ވަޒީފާއަށް ތައްޔާރު ކުރުމާއި އަހުލުވެރި ކުރުމުގެ އިންޑަކްޝަން ޕްރޮގްރާމް ރޭވުމާއި، ޑިޒައިން ކުރުމާއި، ހިންގުމުގައި ބައިވެރިވެ ވިލަރެސް ކުރުން.
- ޙާލަތަށް ބަލާ ވަކިކަމަކަށް އަމާޒް ކޮށްގެން ޓްރޭނިންގ ހިންގުން ނުވަތަ ދިމާވާ ވަކިކަންކަމަށް ހައްލު ހޯދޭނެ ޕްރޮގްރާމްތަކެއް ހިންގުން.
- އެކިއެކި މުއައްސަސާތަކުން އެދޭ ތަމްރީނު ހިންގުމުގައި ޔުނިވަރސިޓީއަށް އެހީތެރިކަން ދިނުމާއި ބައިވެރިވުން
- ޒަމާނާއި އެއްގޮތަށް ތަމްރީނު ދިނުމަށް ގެނެވޭ ބަދަލުތަކަށް އަހުލުވެރިވެ އެބަދަލުތަކާއެއްގޮތަށް ތަމްރީނުތައް ބައްޓަންކުރުން
- މަތީގައިބޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސެކްޝަނުން ކުރަންޖެހޭ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ދިނުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2021 އޮގަސްޓް 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމު ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-Jobs-CA-104
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކްތަކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ހަޔަރ އެޑިއުކޭޝަން ދާއިރާގައި މަދުވެގެން 05 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
- މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ކޮލީޖިއަލް އެންޑް ކޮލަބޮރޭޓިވް (ޓީމެއްގެ ތެރޭގައި އެކުވެގެން މަސައްކަތް) ކޮށް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ޕްރޮގްރާމްތައް ހިންގައި މުވައްޒަފުން ތަމްރީނުކުރުމުގެ ތަޖުރިބާ ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނަންބަރު 3345142 ފޯނަށެވެ.
|