މަސައްކަތް
ނަންބަރު: 153-TC/2021/02
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 08:40
ސުންގަޑި: 23 އޮގަސްޓް 2021 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ތިނަދޫ ކެމްޕަހުންދޭ މަޢުލޫމާތާއި އެއްގޮތަށް ކެމްޕަހުގައި ނަންބޯޑާއެކު ފަންވާރާ (ވޯޓަރ ފީޗަރ) އެއް ހަދާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ނަންބޯޑާއި އެކުގައި ފަންވާރާ އެއް ހެދުން

ތިނަދޫ ކެމްޕަހުންދޭ މަޢުލޫމާތާއި އެއްގޮތަށް ކެމްޕަހުގައި ނަންބޯޑާއެކު ފަންވާރާ (ވޯޓަރ ފީޗަރ) އެއް ހަދާދޭނެ ފަރާތެއް ބޭނުން ވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި ތިނަދޫ ކެމްޕަހުގެ އޮފީހަށް ވަޑައިގެން މައުލުމާތު ކަރުދާސް ނެންގެވުމަށްފަހު، 23 އޮގަސްޓް 2021 ވާ ހޯމަ ދުވަހު 10:00 އަށް ތިނަދޫ ކެމްޕަހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަންނަން ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ވެސް މަޢުލޫމާތައްޓަކައި ދެންނެވީނެވެ.

10 އޮގަސްޓް 2021