ދިވެހިރާއްޖެ
އިޢްލާން
އދ. އޮމަދޫ ލޭންޑްޔޫޒް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމާބެހޭ
އދ. އޮމަދޫ ލޭންޑްޔޫޒް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމަށްޓަކައި ކޮށްފައިވާ މި ކައުންސިލްގެ ނަންބަރު: (IUL)348-CA/348/2021/24 (04.07.2021) ގެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
އދ. އޮމަދުއަށް ތައްޔާރުކުރެވިފައިވާ ޑްރާފްޓް ލޭންޑްޔޫޒް ޕްލޭނަށް ބަދަލުގެންނަން ވަނީ ބޭނުންވެފައެވެ.
ވީމާ، ތިރީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އދ. އޮމަދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް އަލުން ތައްޔާރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގަކާއި މުއްދަތު ބަޔާންކޮށް 16 އޮގަސްޓް 2021 ހޯމަ ދުވަހުގެ 13.00 ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. ސިޓީ މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. ސިޓީ ހުށައަޅުއްވާއިރު ހުށައަޅުއްވާ ފަރާތުގެ ވަނަވަރު ، އަދި. ތަޢުލީމާއި ތަޖުރިބާ އަންގައިދޭ ލިޔެކިއުން ހުށައަޅުއްވަން ވާނެއެވެ.
މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9576666 ށް ގުޅުއްވުން އެދެމެވެ.
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާޢިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމުގެ އެންމެހާ މަރުޙަލާތަކެއް ގެންދިއުން.
- ކައުންސިލުން އަދި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭން ބިނާކުރުން.
- ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށައަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުން.
- ލޭންޑް ޔޫޒް ޕްލޭން ރިވިއު ކުރުމަށްފަހު ފާސްކުރުމަށް ހުށައެޅުމުން، އިޞްލާޙުކުރުމަށް އަންގާ ކަންކަމާއި ގުޅޭ އެންމެހާ ބަދަލުތައް ލޭންޑްޔޫޒް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތްކޮށްދިނުން.
08 އޮގަސްޓް 2021
29 ޛިލްޙިއްޖާ 1442
ޢިބްރާހީމް ޢާދިލް
އދ. އޮމަދޫ ކައުންސިލްގެ ރައީސް