ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)332-ADHR/332/2021/30
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 19 އޮގަސްޓް 2021 13:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭރުފަސްގަނޑުގެ ދޯނިއެހެލާ ސަރަޙައްދުގައިހުރި އުޅަނދުތަކުގެ ވެރިން ހޯދުން.

ބަނދަރު ބޭރުފަސްގަނޑުގެ ދޯނިއެހެލާ ސަރަޙައްދުގައި ހުރި ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ވެރިން ނުވަތަ ޒިންމާވާ ފަރާތުގެ މަޢުލޫމާތު ހޯދަން ބޭނުންވެއެވެ. ބޭނުމަކީ އެސަރަޙައްދުގައި އެއްވެސް ތަރުތީބެއްނެތި މިހާރުހުރި އުޅަނދުފަހަރުތައް ތަރުތީބުކޮށް، އުޅަނދުފަހަރު އެހެލާ ބޭލޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމެވެ.

ވީމާ، އެސަރަޙައްދަށް އެހެލާފައިވާ ތަކެތީގެ ވެރިން ނުވަތަ ޒިންމާވާ ފަރާތުން، އެފަރާތެއްގެ ބެލުމުގެދަށުން އެހެލާފައިވާ އުޅަނދުގެ މަޢުލޫމާތު 19 އޮގަސްޓު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއާއި ޙިއްޞާކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތު ހަމަވާއިރު އެއްވެސް މަޢުލޫމާތެއް މިއިދާރާއާއި ޙިއްސާ ކޮށްފައިނުވާ އުޅަނދެއް އެސަރަޙައްދުގައި ހުރިނަމަ އެއުޅަނދަކީ ވެރިއަކު ނެތް އުޅަނދެއްކަމަށް ބެލޭނެއެވެ. އަދި އެފަދަ އުޅަނދުތަކާއިމެދު ޢަމަލު ކުރުމަށް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެކަން އަންގާ އިއުލާން ކުރީމެވެ.

25 ޛުލްޙިއްޖާ 1442

04 އޮގަސްޓް 2021

04 އޮގަސްޓް 2021