ޢާންމު މަޢުލޫމާތު
ނަންބަރު: IUL/E8C/2021/08
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 15 އޮގަސްޓް 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޝަރުޢީ އަގުކޮމެޓީގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ؛

ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ އެކިއެކި މައްސަލަތަކާއި ގުޅިގެން ގޯތި ގެދޮރާއި އެހެންވެސް ތަންތަނާއި ތަކެތި އަގުކުރުމަށް ބޭނުންވާތީ އެފަދަ ތަންތަނާއި ތަކެތި އަގުކޮށްދޭނެ ފަރާތްތައް އައްޔަންކޮށް އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. އަގުކޮމިޓީގެ ދަފްތަރަށް ނަގަން ހަމަޖެހިފައިވަނީ 05 މެންބަރުން 03 އަހަރު ދުވަހުގެ މުއްދަތަށެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮގަސްޓް 2021 ދުވަހުގެ 13:00ގެ ކުރިން މިދަފްތަރަށް ކުރިމަތިލާ ފަރާތްތަކުން ފުރުއްވަންޖެހޭ ފޯމް ފުރުއްވާ މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އަގުކުރާ ތަންތަނާއި ތަކެތީގެ ތެރޭގައި ރޭނުމާއި ވަޑާންކުރުމާއި، ފެންވައިރިންގ ކުރުމާއި، އަތްކަންކުރުމާއި، ކަރަންޓް ވައިރިންކުރުމާއި، އިލެކްޓޯރނިކްސް މަސައްކަތްކުރުމާއި، ރެފްރިޖަރޭޝަނާއި، އެއަރ ކޮންޑިޝަންގެ މަސައްކަތްކުރުން ފަދަ ކަންކަން ހިމެނޭތީ، މީގެ ތެރެއިން އެމީހަކު ފަންނުވެރިވެފައިވާ ކަމެއް ފޯމުގައި ބަޔާންކުރުން އެދެމެވެ. އަދި މިފަދަ ކަމެއްގެ ތަމްރީނު ހޯދާފައިވާ މީހެއްނަމަ ލިބިފައިވާ ސެޓްފިކެޓުގެ ކޮޕީއެއް ހުށަހެޅުއްވުން ވެސް އެދެމެވެ.

އަގުކޮމިޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރެވޭނީ އޭގެ ތެރެއިން އެވަގުތަކު ކުރަން ބޭނުންވާ ކަމަކާއި ގުޅޭގޮތުން އެންމެ ބޮޑަށް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ.

ޝަރުޠު:

  • ގޯތިގެދޮރާއި އެހެންވެސް އެފަދަ ތަންތަނާއި ތަކެތި އަގު ކުރުމުގެ ފަންނީ އަދި ޢަމަލީ މަޢުލޫމާތު ލިބިފައިވުމާއި އަދި އެކަމަށް އެކަށޭނެ މިންވަރަށް ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން.
  • އަތޮޅުގެ އެހެން ރަށަކަށް އަގުކުރުމަށް ދާންޖެހިއްޖެ ޙާލަތެއްގައި ދަތުރުކުރެވޭފަދަ މީހަކަށްވުން.

އަގުކޮމިޓީގެ މެމްބަރުންނަށް ދެވޭ އުޖޫރަ އާއި ޢިނާޔަތްތައް:

އަގުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/300ރ(ތިންސަތޭކަ ރުފިޔާ) ދެވޭނެއެވެ.

08 އޮގަސްޓް 2021