މަސައްކަތް
ނަންބަރު: (IUL)22-E/22/2021/190
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 26 އޮގަސްޓް 2021 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަސައްކަތް (ކޮންސަލްޓެންސީ)

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 2 (އެލް.ކޭ.ޖީ - ގްރޭޑް 6) ކާއި ދެމެދުގެ ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއިހެދިބޮޑުވުމުގައި ފެންނަ ލަސްކަން ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ޝާމިލް ވަސީލަތެއް އުފެއްދާނެ ކޮންސަލްޓެންސީއެއް ހޯދުން

                   (ޕްރޮކިއުމަންޓްރިފަރަންސް : MV-MOE-220097-CS-CQS)

 

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (ލޭމްޕް) ގެ ދަށުން، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 2 (އެލް.ކޭ.ޖީ – ގްރޭޑް 6) ކާ ދެމެދުގެ ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއި (Specific Learning Difficulties (SpLD))  ހެދިބޮޑުވުމުގައި ފެންނަ ލަސްކަން (Global Developmental Delays (GDD)) ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ޝާމިލް ވަސީލަތެއް (Universal Screening Tool) އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތް: ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 2 (އެލް.ކޭ.ޖީ-ގްރޭޑް6) ކާއި ދެމެދުގެ ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއި ހެދިބޮޑުވުމުގައި ފެންނަ ލަސްކަން ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ޝާމިލް ވަސީލަތެއް އުފެއްދުން

ބޭނުންވާ އަދަދު: 1 (އެކެއް)

ލިޔެކިޔުންތައް ހުށަހެޅުން:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ކޮންސަލްޓެންސީ ފަރމްތަކުން 26 އޯގަސްޓް2021 ގެ މެންދުރު 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، މަސައްކަތަށް ޝައުޤުވެރިވާކަމުގެ ލިޔުމާއެކު، ކޮންސަލްޓެންސީގައި ބައިވެރިވާ ޓީމް މެމްބަރުންގެ އަންނަނިވި ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  1. ސީ.ވީ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ބިދޭސީއެއް ނަމަ ޕާސްޕޯޓް ކޮޕީ
  3. އެކްރެޑިޓްކޮށް ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ޓަރމްސް އޮފް ރެފަރަންސް:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މި ކޮންސަލްޓަންސީގެ މުއްދަތަކީ 4 މަސައްކަތު މަހެވެ.

ޝޯޓްލިސްޓް ކުރުމަށް ބެލޭނެ މިންގަނޑަކީ:

  • އެޑިޔުކޭޝަންގެ ދާއިރާއިން، ސްޕެޝަލް އެޑިޔުކޭޝަންގެ ދާއިރާއިން، ސައިކޮލޮޖީގެ ދާއިރާއިން ނުވަތަ މިކަމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން ޕޯސްޓްގްރެޖުއޭޓް ޑިގްރީ (މާސްޓަރސް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް) ހާސިލްކޮށްފައިވުން؛
  • އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާއިން ނުވަތަ ގުޅޭ ދާއިރާއަކުން ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  • މުއާމަލާތް ކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުމާއެކު އެކި ފަރާތްތަކާއެކު މަސައްކަތްކުރަން އެންގުން؛
  • ތަފާތު ހިޔާލާއި ފިކުރުގެ މީހުންނާއިއެކު މަސައްކަތް ކުރަން އެނގުމާއި، އުނދަގޫ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން؛ އަދި
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު ވާހަކަދައްކަން އެނގުމާއި، ފުރިހަމައަށް ދެބަހުންވެސް ރިޕޯޓް ލިޔަން އެނގުން.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ވޯލްޑް ބޭންކްގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް ބޮރޯވާރސް (ޕްރޮކިއުމަންޓް އިން އިންވެސްޓްމެންޓް ޕްރޮޖެކްޓް ފައިނޭންސިންގް – ގުޑްސް، ވޯރކްސް، ނޮން-ކޮންސަލްޓިންގް އެންޑް ކޮންސަލްޓިންގ ސާރވިސާސް، ޖުލައި 2016 ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018) ގެ ސެކްޝަން III ގެ ޕެރެގްރާފް 3.17 ގައި ބަޔާންކޮށްފައިވާ "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" ޕޮލިސީއަށް ސަމާލުކަންދެއްވުން އެދެމެވެ. މީގެ އިތުރުން މި މަސައްކަތާއި ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ "ކޮންފްލިކްޓް އޮފް އިންޓެރެސްޓް" އަށް ރިޢާޔަތްކުރެއްވުން އެދެމެވެ.

3.17 – އެހެން ފަރާތަކަށް ކުރިން ކޮށްދެއްވި ނުވަތަ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކާއިގުޅޭ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަށް އެންމެ ފައިދާހުރި ގޮތުގައި މަސައްކަތް ކުރިއަށް ނުގެންދެވޭފަދަ ހާލަތެއް މެދުވެރިވާ ކަމަކަށް ކޮންސަލްޓަންޓުން އައްޔަންކޮށްގެން ނުވާނެއެވެ. ތިރީގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި، ކުރިން ބުނެވިދިޔަ ކަންކަމަށް ރިޢާޔަތް ކުރުމަކީ ލާޒިމް ކަމެއް ނޫނެއެވެ.

ކޮންސަލްޓަންޓުން (ތަޖުރިބާކާރުންނާއި މުވައްޒަފުން، އަދި ސަބް-ކޮންސަލްޓަންޓުން ހިމެނޭގޮތަށް)، އެއީ އެހީ ލިބުނު ފަރާތުގެ މުވައްޒަފަކާއި، ނުވަތަ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތާއި (އިމްޕްލިމެންޓިންގް އޭޖެންސީ)، ނުވަތަ ބޭންކުގެ މާލީ އެހީ ލިބޭ ފަރާތަކާއި، ނުވަތަ އެހީ ލިބުނު ފަރާތް ތަމްސީލްކޮށްދޭ ފަރާތްތަކުގެ ތެރެއިން ތިރީގައި އެއްވެސް ކަމެއްގައި ޝާމިލްވެފައިވާ ފަރާތްތައް:

i. މި މަސައްކަތާގުޅޭ ޓީ.އޯ.އާރު އެކުލަވާލުން؛

ii. މި މަސައްކަތަށް މީހުން ހޮވުމުގެ މަސައްކަތް؛ އަދި

iii. ބުނެވިދިޔަ ފަދަ ހާލަތެއް މެދުވެރިވެފައިވާނަމަ، އެކަމެއް ބޭންކަށް ޤަބޫލުކުރެވޭފަދަ ގޮތަކަށް މި މަސައްކަތަށް މީހުން ހޮވުމާއި އަދި މަސައްކަތްކުރިއަށް ގެންދިއުމުގައި ޙައްލު ކުރެވިގެންމެނުވީ މި ކޮންޓްރެކްޓްގެ ދަށުން ކުރާ މަސައްކަތް ބެލެހެއްޓުމުގެ މަސައްކަތް (ސުޕަވައިޒްކުރުމުގެ މަސައްކަތް) ޙަވާލުނުކުރުން

ނޯޓް: މި ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް، ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018 " ގައި ވާ ގޮތުގެ މަތިންނެވެ.

ތިރީގައިވާ އީމެއިލް މެދުވެރިކޮށް، ކޮންސަލްޓަންސީއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރމްތަކަށް މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

ޕްރޮޖެކްޓް ކޯޑިނޭޓަރ،

މޯލްޑިވްސް ލަރނިންގ، އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341160

އީ-މެއިލް:[email protected]

08 އޮގަސްޓް 2021