ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)357-Mm-357/2021/19
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 22 އޮގަސްޓް 2021 14:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކުގައި ތަކެތި ބެހެއްޓުން

އިޢުލާން

                           ރަށުގެ މަގުތަކުގައި  ބެހެއްޓީފައިވާ ޖޯލިފަތި،ޑަސްޓްބިން ފަދަ ތަކެތި ފިޔަވައި މިކައުންސިލުން  ހުއްދަ ނުނަގާ ބެހެއްޓިފައިވާ ހުރިހާ ތަކެއްޗެއް 22އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ނަންގަވާ އެސަރަހައްދެއް ސާފުކުރުމަށް ދަންނަވަމެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށްވާތީ މަގުމަތީގައި ތަކެތި ބަހައްޓާ ކޮންމެ ފަހަރަކު ކައުންސިލަށް ހުށަހެޅުމަށްފަހު ކައުންސިލްގެ ހުއްދަ ލިބުމުންނޫނީ މަގުމަތީގައި ތަކެތި ނުބެއްޓުމަށާއި  އަދި މަސައްކަތް ނިމުމުން އެސަރަހައްދު ސާފުކުރުމަށް ދަންނަވަމެވެ.

                           ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           29   ޖުލްޙައްޖު   1442

                           08  އޯގަސްޓް    2021

08 އޮގަސްޓް 2021