ދެންނެވުން
ނަންބަރު: IUL/E8C/2021/07
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 15 އޮގަސްޓް 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަގުމަތިން ހޮވައިގެން ގެނެވިފައިވާ ފައިސާއަކާއި ބެހޭ؛

މަގުމަތިން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭންގޭ ފައިސާއެއް އާންމު ފަރާތަކުން މިކޯޓާއި ޙަވާލުކޮށްފައިވެއެވެ. މިފައިސާ ހޮވާފައިވަނީ ރ.ދުވާފަރު ބަނދަރުގެ ދަތުރުވެރިން ހިޔާ ހުންނަ ސަރަހައްދުންނެވެ. މިފައިސާގެ ވެރިފަރާތެއްވާނަމަ 15 އޮގަސްޓް 2021 ދުވަހުގެ 13:00 ގެ ކުރިން ގެއްލިފައިވާ ފައިސާގެ ސިފަތައް (ނޫޓުގެ އަދަދާއި، ފައިސާގެ ޖުމްލަ) އެނގޭގޮތަށް މިކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ދަންނަވަމެވެ.

އަދި، މިމުއްދަތުގެ ތަރޭގައި މިފައިސާ ހޯދުމަށް އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ މިފައިސާއާމެދު ޤަވާއިދުގައިވާ ގޮތުގެ މަތީން ޢަމަލުކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 އޮގަސްޓް 2021