މަސައްކަތް
ނަންބަރު: GS-95/2021/022
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 17 އޮގަސްޓް 2021 11:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ޕްރީ ސްކޫލް ކުޅޭބިން ބަދަލުކޮށް ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރީ ސްކޫލް ކުޅޭބިން ބަދަލުކޮށް ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށްއެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

  1. މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 11 އޮގަސްޓް 2021 ގެ 13:30 ގެ ކުރިން ރަސްމީ ދުވަސްތަކުގައި ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ. ނުވަތަ ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
  2. މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ12 އޮގަސްޓް 2021ގެ 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ދެވިފައިވާ މުއްދަތުގައި ނަންނޯޓްކުރި ފަރާތްތަކަށް އެކަންޏެވެ.
  4. ބީލަން ހުޅުވުން އޮންނާނީ   17 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުރިނބީ ސްކޫލް

ހދ. ކުރިނބި

ފޯނު: 6520532

އީ-މެއިލް: [email protected]

08 އޮގަސްޓް 2021