ދެންނެވުން
ނަންބަރު: 31/2021
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 11:17
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
2021 އޮގަސްޓު 8 ވަނަ ދުވަހުން ފެށިގެން ސިވިލް ސަރވިސްގެ އިދާރާތަކުން ޚިދުމަތް ދިނުމާ ގުޅޭ

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެންގުން ނަންބަރު 2021/68 (ކޮވިޑް-19 އިން ރައްކައުތެރިވުމަށް މާލެ ސަރަޙައްދުގައި އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުން) އާ ގުޅިގެން 5 އޮގަސްޓް 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރައްވާފައިވާ ނަންބަރު 2021/23 (ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރަން ފެށުން) ދެންނެވުމާ އެއްގޮތަށް ސިވިލް ސަރވިސްގެ އިދާރާތަކުން ޢަމަލުކުރެއްވުމަށް ދަންނަވަމެވެ. އަދި މި ދެންނެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

07 އޮގަސްޓް 2021