ވަޒީފާގެ ފުރުޞަތު
ނަންބަރު: E3C-A/2021/1
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 01:35
ސުންގަޑި: 15 އޮގަސްޓް 2021 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު މެޖިސްޓްރޭޓް ކޯޓަށް ހައުސްކީޕަރ އެއް ހޯދުމާއި ގުޅޭ

`

 

ރ.ރަސްގެތީމު މެޖިސްޓްރޭޓް ކޯޓް

   ރ.ރަސްގެތީމު، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: E3C-A/2021/1

ތާރީހް: 05 އޯގަސްޓް 2021

މަޤާމު

ހައުސް ކީޕަރ

ރޭންކް: އެސް އެސް 1

އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން

ރ. ރަސްގެތީމު މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް: -/1000 ރުފިޔާ (އެއްހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް: -/2,550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުތު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ރަސްގެތީމު މެޖިސްޓްރޭޓްކޯޓުން ޓެސްޓެއް ދީގެންނެވެ.

އެހެނިހެން ޝަރުތު

1-     ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2-     ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު

1-     ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔެކިޔުންތައް ކޯޓުން ހަމަޖައްސަވާ ގޮތެއްގެމަތިން އެފަރާތްތަކަށް ރައްދުކުރުން.

2-     ކޯޓު ޢިމާރާތުގެ އެތެރެއާއި ބޭރު އަދި ކޯޓު ހިމެނޭ ސަރަހައްދުގެ މަގުމަތީގައިވާ ވިނަ ނޮޅާ ކުނިކަހާ ސާފުކުރުން.

3-     ހަމަޖެހިފައިވާ އުޞޫލުގެ މަތިން ޝަރީޢަތުގެ މަޖްލީހާއި އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ފަރުނީޗަރުތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން.

4-     ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަލަމާރި، ހަރުގަނޑުފަދަ ތަކެއްޗާއި ފަންކާތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ސާފުކޮށް ބެލެހެއްޓުން.

5-     ފާހާނާ ސާފުތާހިރުކޮށް ބެލެހެއްޓުން.

6-     މީގެ އިތުރުންވެސް ކޯޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.

އިންޓަވިޔު ކުރުން

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރާނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި

1-     ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-     ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ

5-     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)

 

ސުންގަޑި

 

2021 އޮގަސްޓް  15ވަނަ ދުވަހުގެ 14:00 ގެ ކުރިން ރ.ރަސްގެތީމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން ނުވަތަ [email protected] މެއިލްކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކޯޓުގެ ނަންބަރު: 6580518 ފޯނަށެވެ.

 

 

     

 

05 އޮގަސްޓް 2021