ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: E7C-A/2021/04 |
|
ތާރީހް: 05 އޯގަސްޓް 2021 |
||
މަޤާމު |
ހައުސް ކީޕަރ (ވަގުތީ) |
ރޭންކް: އެސް އެސް 1 |
އަދަދު |
01 |
|
މަޤާމުގެ ކްލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
|
މަސައްކަތް ކުރަންޖެހޭ ތަން |
ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓް |
|
އަސާސީ މުސާރަ |
-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ) |
|
މިމަޤާމަށް ލިބޭ އެލަވަންސް |
|
|
އަސާސީ ޝަރުތު |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން. ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ޓެސްޓެއް ދީގެންނެވެ. |
|
އެހެނިހެން ޝަރުތު |
1- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން. 2- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން. |
|
މަޤާމުގެ މަސްޢޫލިއްޔަތު |
1- ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔެކިޔުންތައް ކޯޓުން ހަމަޖައްސަވާ ގޮތެއްގެމަތިން އެފަރާތްތަކަށް ރައްދުކުރުން. 2- ކޯޓު ޢިމާރާތުގެ އެތެރެއާއި ބޭރު އަދި ކޯޓު ހިމެނޭ ސަރަހައްދުގެ މަގުމަތީގައިވާ ވިނަ ނޮޅާ ކުނިކަހާ ސާފުކުރުން. 3- ހަމަޖެހިފައިވާ އުޞޫލުގެ މަތިން ޝަރީޢަތުގެ މަޖުލީހާއި އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ފަރުނީޗަރުތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން. 4- ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަލަމާރި، ހަރުގަނޑުފަދަ ތަކެއްޗާއި ފަންކާތައް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ސާފުކޮށް ބެލެހެއްޓުން. 5- ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން. 6- މީގެ އިތުރުންވެސް ކޯޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްޢޫލިއްޔަތުތައް ތަންފީޒު ކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން. |
|
އިންޓަވިޔު ކުރުން |
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރާނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކާއެވެ. |
|
ހުށަހަޅަންޖެހޭ ތަކެތި |
1- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ 5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)
|
|
ސުންގަޑި |
2021 އޯގަސްޓް 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން ނުވަތަ [email protected] މެއިލްކުރެއްވުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު |
|