ދިވެހިރާއްޖެ
އިޢުލާން
މ. ކަނީރުވިލާ އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯގައި ހިންގަމުންދާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ކެފެޓީރިއާއެއްގެ ޚިދުމަތް ދިނުމަށް ބޭނުންވާތީ މި ކޯޕަރޭޝަނުން ކަނޑައަޅާ ސަރަހައްދެއްގައި ކެފޭ ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތްވާގޮތުގެ މަތިން މައުލޫމާތު ސާފުކުރައްވާ ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ.
| 
 މައުލޫމާތު ސާފުކުރުން  | 
 އޮތެންޓިކް މޯލްޑިވްސް މާލެ އައުޓްލެޓް މ. ކަނީރުވިލާ (ގްރައުންޑް ފްލޯ)  | 
 އަންގާރަ  | 
 10 އޯގަސްޓް 2021  | 
 14:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން 
  | 
 ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ)  | 
 ބުރާސްފަތި  | 
 12 އޯގަސްޓް 2021  | 
 14:00  | 
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
ފުރަތަމަ ފަންގިފިލާ، މ.ކަނީރުވިލާ، އޯކިޑް މަގު، މާލެ
ފޯން: 3305555
އީމެއިލް: [email protected]
ވީމާ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.