ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/2021/47
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:22
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮވިޑް 19 އާއިގުޅޭ
ކޮވިޑް 19 އާއިގުޅޭ
ކޮވިޑް 19 ނިއު ނޯމަލްގައި ހަނިމާދޫއަށް ދަތުރުކުރާ ފަރާތްތަކުން މިދަންނަވާ ގޮތުގެމަތިން ޢަމަލު ކުރެއްވުމަށް ދަންނަވަމެވެ.
- މާލެއާއި ރަށްރަށުން ހަނިމާދޫއަށް ދަތުރުކުރާ ފަރާތްތައް:
- ކޮވިޑް ވެކްސިން 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ފަހުން ދަތުރުކުރާނަމަ 72 ގަޑިއިރު ނުވާ PCR ނެގެޓިވް ރިޕޯޓާއިއެކު ދަތުރު ކުރުން.
- ވެކްސިންގ ފުރިހަމަ ނުކުރާ ފަރާތްތައް 14 ދުވަހަށް ކަރަންޓީނު ކުރުން އަދި އެބޭފުޅުން ހާލު ބެލުން ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަ ހޯދުން.
- 18 އަހަރުން ދަށުގެ ކުޑަކުދިން 72 ގަޑިރުނުވާ PCR ނެގެޓިވް ނަތީޖާ އާއިއެކު ދަތުރު ކުރުން.
މޮނިޓަރިންގައި އޮތް ރަށަކުންވެސް ހަނިމާދޫއަށް ދަތުރު ކުރާނަމަ ކޮވިޑް 19 ވެސިން 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާނަމަ 72 ގަޑިއިރުނުވާ PCR ނެގެޓިވް ރިޕޯޓް ހިފައިގެން ދަތުރު ކުރެވޭނެކަން އަންގާ އިޢުލާން ކުރީމެވެ.
04 އޮގަސްޓް 2021