ޢާންމު މަޢުލޫމާތު
ނަންބަރު: 113-HMO/EC/2013/29
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2013
ޕަބްލިޝްކުރި ގަޑި: 18:54
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ބަނދަރަށް ބައިލާ ކުނިވެ ހަލާކުވެފައިހުންނަ ޕެރަޝަބަލް މުދާ ނައްތާލުން

ސާކިއުލަރ

02 ރަޖަބު 1434                  

ޝިޕް އޯނަރ / ޝިޕް އެޖެންޓް

މާލޭ ބަނދަރަށް ބައިލާ، ކުނިވެ ހަލާކުވެފައިހުންނަ ޕެރަޝަބަލް މުދާ ނައްތާލުން

       މާލޭ ވިޔަފާރި ބަނދަރަށް ބޯޓުފަހަރުން ބައިލާ ޕެރިޝަބަލް މުދާ ކުނިވެ ނުވަތަ ހަލާކުވެފައި ހުރުމުގެ ސަބަބުން "ހެލްތު ޕްރޮޓެކްޝަން އެޖެންސީ" އިން ޤަބޫލުކުރާ ޞިއްޙީ މިންގަނޑަށް ނުފެތޭތީ ، އެ މުދާ މުދަލުގެ ވެރިފަރާތަށް ދޫނުކުރެވި ސަރަޙައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓަންޖެހެއެވެ. އަދި މިކަމުގެ ސަބަބުން މި ކުންފުނީގެ މުވައްޒަފުންނަށާއި ކުންފުނިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އުނދަގޫތަކާއި ޞިއްޙީ މައްސަލަތައް ދިމާވެއެވެ.

       އެހެންކަމުން 2013 ޖޫން 1 ވަނަ ދުވަހުން ފެށިގެން މާލޭގެ ވިޔަފާރި ބަނދަރަށް ބޯޓުފަހަރުން ބައިލާ  ޕެރަޝަބަލް މުދަލުގެ ތެރެއިން "ހެލްތު ޕްރޮޓެކްޝަން އެޖެންސީން"  މުދަލުގެ ވެރިފަރާތަށް ދޫނުކުރާ ތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން  ހުއްދަ ކުރާ ގޮތަކަށް ނައްތާލުމަކީ މުދާ އެތެރެކުރި ބޯޓުގެ އެޖެންޓު ނުވަތަ ބޯޓުގެ ވެރިފަރާތުގެ ޒިންމާއެއް ކަމުގައި ހަމަޖައްސައިފީމެވެ.

12 މޭ 2013