ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2021/115
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 12 އޮގަސްޓް 2021 13:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭގޮތުން މިނިސްޓްރީއިން ކަނޑައަޅާ ސިޔާޔަތުތަށް ތަންފީޒުކުރުމުގެ މަސައްކަތްތަކުގައާއި ރެހިބިލިޓޭޝަން ޕްރޮގްރާމްތަށް ވިލަރެސްކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންސަލްޓެންޓެއް ހޯދުން

ޓަރމްސް އޮފް ރިފަރަންސް:

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭގޮތުން މިނިސްޓްރީއިން ކަނޑައަޅާ ސިޔާޔަތުތަށް ތަންފީޒުކުރުމުގެ މަސައްކަތްތަކުގައާއި ރެހިބިލިޓޭޝަން ޕްރޮގްރާމްތަށް ވިލަރެސްކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންސަލްޓެންޓެއް ހޯދުން 

މަޤްޞަދު:

ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅުދުންތެރިކަން ހުންނަ މީހުންނާބެހޭ ސިޔާސަތުތައް ކަނަޑައެޅި އެ ސިޔާސަތުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ސިޔާސަތުތަށް ތަންފީޒުކުރުމުގައި މިނިސްޓްރީއަށް ދިމާވެފައިވާ މައިގަނޑު އެއް ގޮންޖެހުމަކީ ދާއިރާގެ މަސައްކަތް ދަންނަ ފަންނީ މުވައްޒަފުން ނެތުމެވެ.

 

މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާ

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން ގެންދާ ޚިދުމަތްތަކަކީ ދެމެހެއްޓެނިވި ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވޭ މަސައްކަތަކަށް ހެދުމެވެ.

 

 

ކުރަންޖެހޭ މަސައްކަތްތައް:

-          ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން ގެންދާ ޚިދުމަތްތަށް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ދެނެގަނެ ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

-          އާރލީ އައިޑެންޓިފިކޭޝަން ޕްރޮގްރާމްގެ މަސައްކަތްތަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ހިންގުން.

-          ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ އެކުލަވާލެވިފައިވާ ގަވާއިދުތަށް މުރާޖަޢާކޮށް ގެންނަން ޖެހޭ އިސްލާހުތަށް ގެނައުން.

-          ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްޤުތަށް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ކަމާ ގުޅޭ އިދާރާތަށް ގުޅިގެން މަސައްކަތްކުރާނެ އިޖްރާއާތްތަށް އެކުލަވާލުން.

-          ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ޑިސްއެބިލިޓީ ދާއިރާއާ ގުޅުން ހުރި މަސައްކަތްތައް ތަންފީޒުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

 

 

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:

ޑިސެބިލިޓީ ރައިޓްސް އެންޑް ވެލްބީންގ ޑިވިޝަން/ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް

 

މަސައްކަތުގައި އެހީތެރިވެދޭނެ ފަރާތް:

(މިނިސްޓްރީގެ މުވައްޒަފެއް)

 

މަސައްކަތުގެ މުއްދަތު:

5 މަސް ދުވަސް

 

މަސައްކަތު ގަޑި:

ރަސްމީ ކޮންމެދުވަހަކު 8 ގަޑިއިރު (ދެ ފަރާތް ވާހަކަ ދައްކައިގެން ނިންމުމަށް)

 

މަސައްކަތުގެ އަގު:

ކޮންމެ މަހަކު :  18,0000 (އަށާރަ ހާސް) ރުފިޔާ

 

ފެންވަރު ނުވަތަ ޝަރުތު:

-          އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން  ނުވަތަ ސްޕެޝަލް އެޑިއުކޭޝަން ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން އިން ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ ސްޕެޝަލް އެޑިއުކޭޝަން ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރުގެ ތަޖްރިބާ ހުރުން.

-          ދިރާސާ ކުރުމާއި، ސެޝަން ކޮންޑަކްޓް ކުރުމާއި ޑޭޓާ ރިވިއުކުރުމާއި ރިޕޯރޓް ލިޔުމުގެ ތަޖްރިބާހުރުން.

-          ކޮންސަލްޓަންސީ މަސައްކަތުގެ ތަޖްރިބާހުރުން.

-          ދިވެހި،އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިޔުމުގެ ޤާބިލްކަން ލިބިފައިވުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޯގަސްޓް 2021 ގެ 13:00 ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

04 އޮގަސްޓް 2021