ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2021/114
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 12 އޮގަސްޓް 2021 13:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ލީގަލް ކޮންސަލްޓަންޓެއް ހޯދުން

ޓަރމްސް އޮފް ރިފަރަންސް:

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުތަންފީޒުކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ލީގަލް ކޮންސަލްޓަންޓެއް ހޯދުން

މަޤްޞަދު:

ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވަލާފައިވާ ގަވާއިދުތައް މުރާޖަޢާކޮށް ގަވާއިދުތަކުގެ ދަށުން އުސޫލުތަކާއި އިޖްރާއާތުތައް އެކުލަވާލުމާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމުގެ ދަށުން ގާއިމްކުރެވިފައިވާ ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ ސީނިއަރ މެނޭޖްމަންޓައި ލީގަލް ޑިވިޝަންއާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އެކުގައި މަސައްކަތް އެހީތެރިކަން ފޯކޮށްދިނުން.

 

މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާ

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ގާއިމްކުރެވޭ  ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމްގެ ހިންގުމަށް ބޭނުންވާ ސިޔާސަތުތަކާއި އިޖްރާޢާތުތަށް އެކުލަވާލައި ގައުމީ ނިޒާމްގެ ތެރެއިން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމެވެ.

 

ކުރަންޖެހޭ މަސައްކަތްތައް:

-          ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ދެނެގަނެ ނިޒާމް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

-          ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްގެ ލީގަލް ޑިވިޝަންއާއި އެކުގައި މަސައްކަތްކުރުން.

-          ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަށް މުރާޖަޢާކޮށް ގެންނަން ޖެހޭ އިސްލާހުތަށް ގެނައުން.

-          ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ކަމާ ގުޅޭ އިދާރާތަށް ގުޅިގެން މަސައްކަތްކުރާނެ އިޖްރާއާތްތަށް އެކުލަވާލުން.

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން:

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް

 

މަސައްކަތުގައި އެހީތެރިވެދޭނެ ފަރާތް:

(މިނިސްޓްރީގެ މުވައްޒަފެއް)

 

މަސައްކަތުގެ މުއްދަތު:

5 މަސް ދުވަސް

 

މަސައްކަތު ގަޑި:

ރަސްމީ ކޮންމެދުވަހަކު 8 ގަޑިއިރު (ދެ ފަރާތް ވާހަކަ ދައްކައިގެން ނިންމުމަށް)

 

މަސައްކަތުގެ އަގު:

ކޮންމެ މަހަކު :  18,000/- (އަށާރަ ހާސް) ރުފިޔާ

 

ފެންވަރު ނުވަތަ ޝަރުތު:

-          ލޯ މަސްޓަރްސް ނުވަތަ ލޯ ޑިގްރީ ނުވަތަ ޤާނޫނީ ދާއިރާއިން ސަނަދެއް ޙާސިލްކޮށްފައިވުން.

-          ޤާނޫނީ ޚިދުމަތްދޭ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 5 އަހަރުގެ ތަޖްރިބާ ހުރުން.

-          ދިރާސާ ކުރުމާއި، ޑޭޓާ ރިވިއުކުރުމާއި ރިޕޯރޓް ލިޔުމުގެ ތަޖްރިބާހުރުން.

-          ކޮންސަލްޓަންސީ މަސައްކަތުގެ ތަޖްރިބާހުރުން.

-          ދިވެހި،އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިޔުމުގެ ޤާބިލްކަން ލިބިފައިވުން.

-           

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޯގަސްޓް 2021 ގެ 13:00 ގެ ކުރިން، ([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ. 

04 އޮގަސްޓް 2021