މަސައްކަތް
ނަންބަރު: (IUL)NAH/NAH-A-AD/NAH/2021/20
ޕަބްލިޝްކުރި ތާރީޚް: 04 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:45
ސުންގަޑި: 22 އޮގަސްޓް 2021 13:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބެނުން ވެއްޖެ                 

   މިއަތޮޅުގައި  ލެބޯޓްރީގެ  ޚިދުމަތް  ލިބެންނެތް  މިދަންނަވާ ސިއްހީމަރުކަޒުތަކުން  އެންމެގާތުން   ލެބޯޓްރީގެ  ޚިދުމަތް  ލިބެންހުރި މަރުކަޒަކަށް ސާމްޕަލްތައް ގެންގޮސްގެން ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސާ އެކަމާބެހޭ ދަތުރުތައް ކޮށްދިނުމަށް މިހާރު ހަވާކުރެވިފައިވާ ފަރާތްތަކާ މިހޮސްޕިޓަލާދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު 30 ސެޕްޓެންބަރު 2021 ގެނިޔަލަށް ހަމަވާތީ ހުކުރުދުވަސް  ފިޔަވާ  ކޮންމެ   ދުވަހަކު އެއްފަހަރު (ހުކުރުދުވަސް ނުވަތަ ސަރުކާރު ބަންދު  ދުވަހެއްގައިވެސް  އެމަރުކަޒަކުން އެދިއްޖެނަމަ)01 (އެކެއް) އަހަރު ދުވަހުގެ  މުއްދަތަށް ލޯންޗްގައިމިމަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ 15 އޯގަސްޓް 2021  ވާ އާދިއްތަ  ދުވަހުގެ 12.00 އަށް މިހޮސްޕިޓަލަށް ނުވަތަޚިދުމަތް ފޯރު ކޮށްދޭން ކަނޑައަޅާފައިވާ  ރަށްރަށުގެސިއްހީމަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފު ކުރެއްވުމަށްފަހު  22 އޯގަސްޓް 2021 ވާ އާދިއްތަދުވަހުގެ 13.00 އަށް  އަންދާސީ ހިސާބު   ހުށަހެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު  ހުށަހަޅުއްވާނީ  މައުލޫމާތު  ސާފުކުރެއްވުމަށް  ވަޑައިގެންނެވި މަރުކަޒަކަށެވެ.  މައުލޫމާތު  ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

ދަތުރު ކުރަންޖެހޭ ގޮތް:

ހެނބަދޫ ސިއްހީމަރުކަޒުން       ކެނދިކުޅުދޫ ސިއްހީމަރުކަޒަށް

މާޅެންދޫ ސިއްހީމަރުކަޒުން       ލަންދޫ ސިއްހީމަރުކަޒަށް

ކުޑަފަރީ ސިއްހީމަރުކަޒުން        ލަންދޫ ސިއްހީމަރުކަޒށް

މާފަރު ސިއްހީމަރުކަޒުން         ލަންދޫ ސިއްހީމަރުކަޒށް

މިލަދޫ ސިއްހީމަރުކަޒުން         ނ.އަތޮޅު ހޮސްޕިޓަލަށް

މަގޫދޫ ސިއްހީމަރުކަޒުން         ނ.އަތޮޅު ހޮސްޕިޓަލަށް

ޅޮހި ސިއްޙީމަރުކަޒުން         ނ.އަތޮޅު ހޮސްޕިޓަލަށް

ފޮއްދޫ ސިއްހީމަރުކަޒުން         ނ.ހޮޅުދޫ ސިއްހީމަރުކަޒަށ

04 އޮގަސްޓް 2021