ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 22-PU/22/2021/179
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 16 އޮގަސްޓް 2021 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު (އިންޑިވިޖުއަލް ކޮންސަލްޓެންޓް)

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން، ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ އިންކްލޫސިވް އެޑިޔުކޭޝަން ހިންގުމަށް ބޭނުންކުރަމުންދާ މޮޑިއުލްތައް ރިވައިޒްކުރުމަށާއި، ޝާމިލުވެށި ޕްރޮޖެކްޓްގެ އެޑްވޮކަސީ ޕްލޭނެއް އެކުލަވާލައި ސާމްޕަލް މެޓީރިއަލް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)22-PU/22/2021/123 އިޢުލާން ބާތިލްކުރުމަށްފަހު މިމަސައްކަތް ކޮންދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ޓަރމްސް އޮފް ރެފަރަންސް:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

ނޯޓް: މި މަޤާމަށް މީހަކު ކަނޑައަޅާނީ ތަޢުލީމާ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިގެންނެވެ.

މަޤާމަށް އެދި ހުށައެޅުން:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2021 އޮގަސްޓް 16 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ފޯމްގެ ލިންކު: https://bit.ly/3yh8hoa

  1. މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ލިޔުން
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ )ވެލިޑޭޓް ކުރެވިފައިވާ(

އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                              

އީ-މެއިލް: [email protected]

03 އޮގަސްޓް 2021