ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2021/56
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 08:18
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނޭ ސަރަޙައްދަކުން ވެލި/އަކިރި ފަދަ ތަކެތި ނެގުމާއިބެހޭ؛
ޤާނޫނު ނަންބަރ 24/2019 "ޤާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު" އިން ގދ.ހޯނޑެއްދޫ ކައުންސިލްގެ އިޙްތިޞާޞް ކަމުގައި ކަނޑަޅާފައިވާ ސަރަޙައްދުގައި ހިމެނޭ ރަށްތަކާއި ފަޅުތަކުން އެއްވެސް ފަރާތަކުން ވެލި/އަކިރި ފަދަ ތަކެތި ނެގުމަކީ މަނާކަމެކެވެ.
ވީމާ، މި ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނޭ ސަރަޙައްދުން ވެލި/އަކިރި ފަދަ ތަކެތި ނަގާ ފަރާތްތަކާއިމެދު ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ. އަދި މި އިޢުލާނާއިއެކު ހޯނޑެއްދޫ ކައުންސިލްގެ އިޙްތިޞާޞް ހިގާ ސަރަޙައްދުގެ ޗާޓެއް މަޢުލޫމާތަށްޓަކައި ޢާންމުކުރީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 އޮގަސްޓް 2021