މަސައްކަތް
ނަންބަރު: (IUL)AEH/AEH/2021/38
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 23:31
ސުންގަޑި:
09 އޮގަސްޓް 2021 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު މައި އިމާރާތުގެ ދިޔަދޮއިގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް
- އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު މައި އިމާރާތުގެ ދިޔަދޮއިގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)AEH/AEH/2021/30 އިޢުލާނަށް އެއްވެސް ފަރާތުން ބީލަން ހުށަހަޅާފައިނުވާތި މި ދެންނެވުނު އިޢުލާން ބާޠިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 އޮގަސްޓް 2021 އިން ފެށިގެން 09 އޮގަސްޓް 2021 ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ.
- މި ޢިއުލާނާއި އެކު މަޢުލޫމާތު ޝީޓް، ތަކެތީގެ ސްޕެސިފިކޭޝަން، އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ.
- މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 10 އޮގަސްޓް 2021 ވާ ދުވަހުގެ 11:30ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.
- ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 12 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
- ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
03 އޮގަސްޓް 2021