މަސައްކަތް
ނަންބަރު: GS135/IUL//2021/07
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 15 އޮގަސްޓް 2021 11:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން


މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި GS135/IUL/2021/05 އިއުލާނަށް ޝައުގުވެރިކަން ފާޅުކުރީ އެންމެ ފަރާތަކުން ކަމަށްވާތީވެ އެ އިއުލާން ބާތިލްކޮށް 2 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.

-  ގުރޭޑް 7 ގެ ކުލާސްރޫމްގެ ފުރާޅުގެ ޓިނު ބަދަލުކުރުން

-  ދަރިވަރުންގެ މަޢުލޫމާތު ނޯޓިސް ބޯޑު މަރާމާތުކުރުން

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށްއެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫންނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 10 އޮގަސްޓް 2021 ގެ 13:30 ގެ ކުރިން ރަސްމީ ދުވަސްތަކުގައި ސްކޫލް އޮފީހަށް ދުރުވެ ނަން ނޯޓް ކުރުން އެދެމެވެ. ފޯނުން (6600020) ނުވަތަ އީމެއިލް ([email protected])މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ.

 

މިޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10  އޮގަސްޓް 2021ގެ 10:00 ގެ ކުރިން [email protected]  އަށެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ދެވިފައިވާ މުއްދަތުގައި ނަންނޯޓްކުރި ފަރާތްތަކަށް އެކަންޏެވެ.

 

ބީލަން ހުޅުވުން އޮންނާނީ   15އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

03 އޮގަސްޓް 2021