ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)146-A1/1/2021/23
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 12:05
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދޭ ދުވަސްތަކާއި ގަޑިތަކަށް ބަދަލުގެނައުން

(IUL)146-A1/1/2021/23:ނަންބަރު

އިޢުލާން

ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދޭ ދުވަސްތަކާއި ގަޑިތަކަށް ބަދަލުގެނައުން.

    04 އޮގަސްޓް 2021 އިން ފެށިގެން ހަފްތާގެ ހުރިހާ ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދެމުން ގެންދާނެއެވެ. ރަސްމީ އަދި ނުރަސްމީގަޑީގައި އޮންލައިންކޮށް ކައިވެނިތައް ކޮށްދިނުމުގެ އިތުރުން ކޯޓަށް ޙާޟިރުވެގެން ކައިވެނި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮންނާނެއެވެ. މި ދުވަހުން ފެށިގެން ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި އެވާ ގަޑިތަކުގައެވެ.

 

ފެމިލީ ކޯޓުން ކައިވެނިތައް ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

   1) އޮންލައިންކޮށް އަދި ކޯޓުގައި:

     - ރަސްމީގަޑި

       08:30 އިން 13:30 އަށް.

     - ނުރަސްމީގަޑި

       16:00 އިން 21:00 އަށް.

 

03 އޮގަސްޓް 2021