މަސައްކަތް
ނަންބަރު: (IUL)SH-FAH-RM/2021/35
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 12 އޮގަސްޓް 2021 13:30
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މޯބައިލް ލެބޯޓްރީ ޤާއިމުކުރުމާއި ގުޅޭ(3)

އިޢުލާން

މިއަތޮޅުގައި ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް ސިއްޙީމަރުކަޒުތަކަށް އެންމެ ގާތުން ލެބޯޓްރީގެ ޚިދުމަތް ލިބެން ހުރި މަރުކަޒަކަށް ގެންގޮސްގެން ޓެސްޓް ހެދޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވެގެން ކުރި ނަންބަރ: (IUL)SH-FAH-RM/2021/23 އިޢުލާނަށް ހުށައެޅި ބިޑްތަކުގެ ތެރެއިން ށ. ނޫމަރާ ސިއްޙީމަރުކަޒުން ށ. ފޭދޫ ސިއްޙީމަރުކަޒަށް ސާމްޕަލް ގެންގޮސްދިނުމަށް ހުށައެޅި އަންދާސީ ހިސާބުތައް ބޮޑުކަމަށް މިނިސްޓްރީގެ ޓެންޑަރ ކޮމެޓީއިން ނިންމާފައިވާތީ އެކަމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތައް 03 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން  12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން [email protected] ނުވަތަ [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ފަހު އީމެއިލް ކުރުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 އޯގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިހޮސްޕިޓަލުގައާއި ށ. ނޫމަރާ ސިއްޙީމަރުކަޒުގައެވެ.

މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

 މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

24 ޛުލްޙިއްޖާ 1442

03 އޮގަސްޓް 2021