ކުއްޔަށް ހިފުން
ނަންބަރު: (IUL)113-PD/1/2021/67
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 07:19
ސުންގަޑި: 08 އޮގަސްޓް 2021 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ކ.މާލެއިން 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 01 (އެކެއް) ކޮޓަރީގެ އެޕާޓްމަންޓްއެއް، ކުއްޔަށްހިފުމާއި ގުޅޭ.

ޝަރުތުތައް:

  • ރަނގަޅު ފެންވަރަކަށް ހެދިފައިވާ، ސަލާމަތީގޮތުން ރައްކާތެރި އިމާރާތެއްގައި ހުރި އެޕާޓްމަންޓަކަށްވުން.
  • ދިރިއުޅުމަށް ބޭނުންވާ ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހިމެނޭ ފުލީ ފަރނިޝްޑް ތަނަކަށްވުން. 
  • އެމްޕީއެލް ހެޑްއޮފީސް (ޕޯޓް ބިލްޑިންގ) އާއި މާދުރުނޫން ހިސާބެއްގައި (10 މިނިޓްއިން އާދައިގެ ހިނގުމެއްގައި އޮފީހަށް އާދެވޭ) ހުރިތަނަކަށްވުން.
  • އިންޓަރނެޓް އަދި ކޭބަލްޓީވީ ކަނެކްޝަން ޤާއިމްކޮށްފައިވާ ތަނަކަށްވުން.
  • އޮގަސްޓް 15 ގެ ކުރިން ކުއްޔަށް ދޫކުރެވޭނެ ތަނަކަށްވުން.
  •  02 (ދޭއް) އަހަރު ދުވަހަށް ކުއްޔަށް ދޫކުރެވޭ ތަނެއް ކަމުގައިވުން.
  • ކުއްޔަށް ދޫކުރުމަށް ހުށައަޅާ އަގަކީ، ތަނުގެ ފެންވަރާއި އެކަށޭނެ އަގެއްކަމުގައިވުން.

 ބޭނުން:

  • އެމްޕީއެލްގެ މުވައްޒަފެއްގެ އެކަމަޑޭޝަންއަށް.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން އަގު، ތަނުގެ ވެރިފަރާތުގެ އައިޑީކާޑް ކޮޕީ އަދި، ތަނުގެ ފޮޓޯ  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަގުހުށައަޅާ ސިޓީގައި އެޕާޓްމަންޓްގެ (ކޮޓަރިއާއި ފާހާނާ އަދި ސިޓިންގރޫމްގެ) ބޮޑުމިން "އަކަފޫޓުން" އެނގެން އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ނަންބަރ: 3039255 ފޯނަށް ގުޅުއްވުން އެދެމެވެ.

             ހުށަހެޅޭ އަގުތަކާއި، ފޮޓޯތަކަށް ބެލުމަށް ފަހު، ކުންފުނިން ތަންބަލާލަން ބޭނުންވެއްޖެ ހާލަތެއްގައި ތަންބެލުމުގެ އިންތިޒާމް ތަނުގެވެރި ފަރާތުން ހަމަޖައްސަންވާނެއެވެ. އަގު ހުށައެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އެއްވެސް އަގެއް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށް ޓަކައި ދެންނެވީމެވެ.

             މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

03 އޮގަސްޓް 2021