ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-CA/251/2021/82
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 20:17
ސުންގަޑި: 12 އޮގަސްޓް 2021 12:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ކުނިކޮށި ބަލަހައްޓާ މީހުން

 

މަޤާމް:

ކުނިގޮނޑު ބަލަހައްޓާ މީހާ

ބޭނުންވާ ޢަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް)

ސެކްޝަން:

މުނިސިޕަލް ސާރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

ވަޒީފާއަށް ނަގާ މުއްދަތު

01 އަހަރު

މުސާރަ:

-/3100ރ (ތިންހާސް އެއްސަތޭކަ)

އެހެނިހެން އެލަވަންސް:

  1. ސަރވިސް އެލަވަންސް:   -/1000ރ (އެއްހާސް)
  2. މަސައްކަތައް ނިކުމެ ސޮއިކުރާ ކޮންމެ ދުވަހަކަށް އެލަވަންސް: -/40ރ (ސާޅީސް ރުފިޔާ)
  3. ރަމަޟާން މަހުގެ އިނާޔަތު ފައިސާ
  4. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ހުކުރު ދުވަސް ފިޔަވައި)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. ކުނިގޮނޑަށް ކުނިގެންދާ ފަރާތްތަކުން ކުނި އެޅުމަށް ކަނޑައަޅާފައިވާ ތަންތަނަށް ކުނި އަޅާތޯ ބަލައި އެތަންތަނަށް ކުނި އެޅުވުން.
  2. އެއްވެސް ބާވަތެއްގެ ކުންޏެއް މޫދަށް އަޅައިތޯބަލައި އެކަން މަނާކުރުން.
  3. ކުނިގޮނޑަށް ގެންދެވޭ ކުނި ވަކިކޮށްގެން ނުގެންދާ ފަރާތްތަކަށް އެކަން ހަނދާންކޮށްދީ ތަކުރާރުވާ ފަރާތްތަކުގެ މައުލޫމާތު ރަށު ކައުންސިލަށް އެންގުން.
  4. އަންދާކުނި އެންދުމުގައި އާއްމުންނަށް އުނދަގޫ ނުވާނެ ގޮތެއްގެ މަތިން އެންދުން.
  5. ކުޑަކުދިން ކުނިގޮނޑު ސަރަޙައްދަށް ވަނުން މަނާކުރުން. އަދި ތަކުރާރުވާނަމަ ކައުންސިލަށް އެންގުން.
  6. ކުނިގޮނޑު ސަރަޙައްދުގެ މަގު ސާފުކުރުން
  7. ކުނިގޮނޑަށް ހޯދާފައިހުންނަ ހުރިހާ އެއްޗެއް އަމާނަތްތެރިކަމާއެކު ބެލެހެއްޓުން
  8. ޤައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ބައިވެރިވުން
  1. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

 

  1. މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައި ހުރި ފަރާތަކަށްވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ތަޢުލީމީ ސެޓްފިކެޓް ހުރިނަމަ ސެޓްފިކެޓުތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (ތަޢުލީމީ ފެންވަރަށް 20%)
  • ލިބިފައިވާ ހުނަރަށް ބަލައިގެން(އިންޓަވިޢު އަށް %80)
  •  މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 50%  (ފަންސާސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ލިބިފައިވާ ހުނަރަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ވަނަ އަހަރުގެ 13 އޯގަސްޓް  އިން 20 އޯގަސްޓް އާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500019 ނަންބަރު ފޯނު އަށެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

ވީމާ، މިކަން ޢާންމުކޮން އަންގާ އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2021